
ބޭސްފަރުވާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިންފި
ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރާއްޖެ ވަޑައިންފިއެވެ.
ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެކަނބަލުން ރާއްޖެ ވަޑައިންނެވީ ރޭގައެވެ. 3 ގަޑިއިރަށް ދެމިގެންދިޔަ ތައިރޮއިޑް އޮޕަރޭޝަން އެމަނިކުފާނު ކުރައްވާފައި ވަނީ ފާއިތުވި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
އޮޕަރޭޝަން ކުރެއްވުމަށް ހޭދަވި ވަގުތުގައި ވަގުތީގޮތުން ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުރިހާ މަސްއޫލިއްޔަތެއް ނައިބު ރައީސް ފައިސަލް ނަސީމްއާއި ރައީސް ޞާލިޙް ވަނީ ހަވާލު ކުރައްވާފައެވެ. އަދި އޮޕަރޭޝަނަށް ފަހު އެ މަސްއޫލިއްޔަތުތައް ވަނީ އަނބުރާ ނަންގަވައި، ޤައުމު ހިންގެވުމާއި އަލުން ހަވާލުވެވަޑައިންފައެވެ.