
ޚާއްސަ އޮފަރތަކާއެކު ދިރާގު ފައިބަރ އިންޓަރނެޓާއި ދިރާގު ޓީވީ ވޭމަންޑުއަށް މިހާރު ލިބޭނެ
ރާއްޖޭގެ މުވާސަލާތީ ޚިދުމަތުގެ މައި ކުންފުނި ދިރާގުން އެކުންފުނީގެ ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ތ. ވޭމަންޑޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މިއީ އެ ކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ.
ޚާއްސަ އޮފަރތަކާއެކު މި ދެ ޚިދުމަތް ރަސްމީކޮށް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ އިރު، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމާއި ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބޭނެއެވެ.
މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަތް ހިލޭ ގުޅައިދިނުމާއި ޖޯއިބޮކްސް (ޑީކޯޑަރ) މުޅިން ހިލޭ ލިބޭނެއެވެ.
އެގޮތުން ވޭމަންޑޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ.
މިހާރު ރާއްޖޭގެ ގޭބިސީގެ 82 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 79 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82% ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.