އައްޑޫސިޓީ ހިތަދޫގައި އަލިފާނުގެ ހިތާމަވެރި ހާދިސާއެއް ހިނގައިފި

އައްޑޫސިޓީގައި އިއްޔެ އަލިފާނުގެ ހިތާމަވެރި ބޮޑު ހާދިސާއެއް ހިނގައިފިއެވެ. އަލިފާން ރޯވެފައި ވަނީ އައްޑޫސިޓީ ހިތަދޫގެ މާކިޅީގައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބުނެފައި ވަނީ، ހިތަދޫ ސްޓޭޑިއަމް ބިއްދަށުން ވަލުތެރޭގައި އަލިފާން ރޯވެފައި ވަނީ އިއްޔެ ހަވީރު 4:20 ހާއިރު ކަމަށެވެ. އަދި އަލިފާނގަނޑު ކޮންޓްރޯލް ކޮށް އެއްކޮށް ނިއްވާލެވިފައި ވަނީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ.

އިޝްތިހާރު Below Header ad

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމް.އެން.ޑީ.އެފްގެ އިތުރުން އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ކައުންސިލް ތަކުން ވެސް ބައިވެރިވެފައިވާ ކަމަށް އެމް.އެން.ޑީ.އެފްއިން ވަނީ ހާމަ ކޮށްފައެވެ. ކޮންޓްރޯލް ކުރުމަށް ގިނަ ވަގުތުތަކެއް ނެގި މި އަލިފާނުގެ ހާދިސާގައި ވަރަށް ގިނަ ސަރަހައްދަކަށް އަލިފާންގަނޑު ވަނީ ފެތުރި އަނދާފައެވެ.

IMG 029a4d770af2730d09577865e74d6166 V

ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް އެސަރަހައްދު އަދިވެސް މޮނީޓަރ ކުރަމުންދާ ކަމަށް ވެސް އެމް.އެން.ޑީ.އެފްއިން ވަނީ ހާމަ ކޮށްފައެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.