40 އަހަރުގެ ތާރީޚުގައި ކުރިއަށް ގެންދިޔަ އެންމެ ބިޔަ މަޝްރޫޢު ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ 40 އަހަރުގެ ދިގު ތާރީޚުގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫޢުގެ ނިމުން ފާހަގަ ކޮށްފިއެވެ. “ސެންޓާރާ ނިއު ރިސޯޓްސް” ގައި ހިމެނޭ 3 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައެވެ. ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް އަކްރަމް ކަމާލުއްދީނާއި އަލްފާޟިލް ޝިފާޒް އަލީ ވެސް ބައިވެރިވެ ވަޑައިންނެވިއެވެ.

އިޝްތިހާރު Below Header ad

IMG d08564523e93669ba275e69271eb6390 V

މީގެ އިތުރުން ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސެންޓާރާ ރަސް ފުށީގެ އޭރިއާ ޖެނެރަލް މެނޭޖަރ މިސް. ޕްރަޕައިޖިޓް ތޮންގްމާއާއި، ނިރާސް އިންޓަރނޭޝަނަލް ކޮންސަލްޓިންގ ގެ ޑައިރެކްޓަރ އޮފް ޕޯޓްސް އެންޑް މެރިޓައިމް މރ. ޖެސްޕަރ ހާރޑަރއާއި، ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި އިއްޔެ ބައިވެރިވެވަޑައިގެންނެވިއެވެ.

ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑްއިން އެމް.ޓީ.ސީ.ސީއާއި ހަވާލު ކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، ވައްޓަރުފަޅު ފަރުގައި އޮންނަ 3 އާރޓިފިޝަލް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ. މަޝްރޫޢުގެ މަސައްކަތް ނިންމާފައި ވަނީ 24 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ.

IMG 1982f1a109b78d52af323add33a1cb43 V

ޖުމްލަ 29.26 މިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.