އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، އެ މަތިވެރި ޢަޒުމުގައި ޘާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައެވެ.

ރައީސް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ބިރުވެރި ހާދިޘާގެ ސަބަބުން މާއްދީގޮތުން ލިބުނު ގެއްލުންތަކާއި އޭގެ އަގު ވަޒަން ނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކެއްވެސް ލިބި، ނަފްސާނީގޮތުންވެސް  ގިނަބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ދިވެހިރާއްޖޭގެ މިނިވަންކަމާ ޞުލްޙަ މަޞްލަޙަތަށް ނުރައްކާތެރިކަމެއް މެދުވެރިވުމަށް، އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ޙަމަލާއަކުން މި ޤައުމު ދިފާޢު ކުރެއްވުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގެ މަތިވެރި ޢަޒުމުގައި ޘާބިތުވެ ތިއްބެވުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

އަދި ޤައުމުގެ މިއަދުގެ ޒުވާނުންނާއި މާދަމާގެ ޒުވާނުން މި ލޮބުވެތި ޤައުމަށްޓަކައި މަތިވެރި ޢަޒުމްތަކެއް ކަނޑައަޅައި، މި ލޮބުވެތި ޤައުމު، މިނިވަން ޤައުމެއްގެ ގޮތުގައި އަންނަންއޮތް ޖީލު ތަކަށް ގެންގޮސް ދިނުމަކީ އަޅުގަނޑުމެންގެ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަތިވެރި ޒިންމާއެއް ކަމަށްވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.