ފިއުޗަރ އިންވެސްޓްމަންޓް އިނީޝިއޭޓިވް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސައުދީއަރަބިއްޔާގެ ރިޔާދުގައި އޮކްޓޯބަރ 26 އިން 28 އަށް ކުރިއަށްދިޔަ ފިއުޗަރ އިންވެސްޓްމެންޓް ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފިއުޗަރ އިންވެސްޓްމަންޓް އިނިޝިއޭޓިވް އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމު ކޮށްގެން ބޭއްވި މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމެވެ. މިއަހަރުގެ ސަމިޓުގެ ތީމްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އިންސާނިއްޔަތަށް އިންވެސްޓު ކުރުމެވެ.

އިޝްތިހާރު Below Header ad

މިސަމިޓުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އިންސާނިއްޔަތަށް އިންވެސްޓްކުރުމާއި އެހީތެރިވުން، މަސައްކަތުގެ މާޙައުލުގައި މިޖީލުގެ ޒުވާނުންނަށް ހަމަހަމަކަމާއި އެކު މަސައްކަތް ކުރެވޭނެ ގޮތްތަށް ރޭވުން، އަދި ޘަޤާފަތާއި ތަރިކަ ހިމާޔަތްކުރުމާއި، ގްރީން އިކޮނިމީ ހިމެނެއެވެ. މީގެ އިތުރުން ޤައުމުތަކުގެ ތަރައްޤީގެ ދުވެލި ހަލުވި ކުރުމުގެ ގޮތުން ސީދާ ބޭރުގެ އިންވެސްޓްމެންޓް ގެނައުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ މައްޗަށާއި ތަޢުލީމާއި ތަމްރީނަށް އިންވެސްޓްރުކުމާއި، މުސްތަޤަބަލުގެ ލީޑަރުން ބިނާކުރުމާއި ގުޅޭގޮތުންވެސް މިސަމިޓުގައި މަޝްވަރާކުރެވުނެވެ.

މިސަމިޓުގެ ޙަވާސާގައި މިނިސްޓަރ ވަނީ ތަފާތު އިންވެސްޓަރުންނާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި މަލްޓިނެޝަނަލް އޮންލައިން ހޯމްސްޓޭ ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އޯ.ވައި.އޯ ރޫމްސްގެ ފައުންޑަރ އަދި ސީ.އީ.އޯ މިސްޓަރ ރިތޭޝް އަގަރްވާލްއާއި ޑރ. މައުސޫމް ބައްދަލު ކުރައްވައި، ދިވެހިރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން ސަމިޓަށް ވަޑައިންނެވި ހުރިހާ ޓޫރިޒަމް މިނިސްޓަރުންގެ ޝަރަފުގައި ސަޢުދީގެ މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަލް ޚަތީބް ދެއްވި ޖާފަތެއްގައިވެސް މިނިސްޓަރ މަޢުސީމް ވަނީ ބައިވެރިވެވަޑައިންފައެވެ.

 

ސަޢުދީ ސަރުކާރުން ދެއްވި ދަޢުވަތަކަށް މިނިސްޓަރ ބައިވެރިވެވަޑައިންނެވި މި ސަމިޓުގައި މިނިސްޓަރގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުޙައްމަދު ޚުއްސާންއާއި އެގްޒެކެޓިވް ޑިރެކްޓަރ ފަޟީލާ ޢަލީ ވެސް ބައިވެރިވެވަޑައިންނެވިއެވެ.

ރިޔާދްގެ ރިޒް ކާލްޓަން ހޮޓަލްގައި ކުރިއަށްދިޔަ މި ސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުން ޓޫރިޒަމް މިނިސްޓަރުންނާއި މަލްޓިނެޝަނަލް ކުންފުނިތަކުގެ ވެރިން ހިމެނޭހެން 5000 އަށްވުރެ ގިނަ ދެލިގޭޓުން ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.