އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ސްޓެލްކޯގެ ޓެސްޓުތައް ފުރިހަމަކޮށްފި

އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ޓެސްޓުތައް ފުރިހަމަ ކޮށްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
އެކުންފުނިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، މާތް ﷲ ގެ އިރާދަފުޅާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓު ޚިދުމަތަށް އެއްވެސް މައްސަލައެއް ދިމާނުވެ، މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ޓެސްޓުތައް ނިންމާލާފައިވާ ކަމަށެވެ. ސްޓެލްކޯއިން ރޭގައި ބުނެފައި ވަނީ، އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލެއިން ހެނދުނު 7:00 އާއި 8:00 އާއި ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަރަންޓުގެ ޚިދުމަތައް ބުރުއެރުމެއްނެތި މިއަދުގެ މަސައްކަތްތައް ނިންމާލާފައިވާއިރު، ފާއިތުވި ބުދަދުވަހު ސްޓެލްކޯގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ސަރުކާރުގެ ބައެއް ވުޒާރާތަކުގެ މަސައްކަތްތަކަށް ބުރޫއަރައި، އަދި ބައެއް އިމާރާތްތަކުގެ ލިފްޓުގައި މީހުން ތާށިވުން ފަދަ ހާދިސާތައް ވަނީ ދިމާވެފައެވެ.

IMG 20211016 165422
މިއަދުގެ މަސައްކަތާއި ގުޅޭގޮތުން ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ސިސްޓަމްތައް އަދާހަމަ ކުރުމުގެ މަސައްކަތްތައް އެކުންފުނިން ކުރަމުންދާ ކަމަށާއި، އަދި މިކަންކަމުގައި ކަސްޓަމަރުންގެ ކިބައިން ލިބެމުންއަންނަ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.