
މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ތައްޔާރީތައް
މިއަދުގެ ޕްރެސްގައި ބައިވެރިވެ ވަޑައިގެންނެވީ:
- އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަޙްމަދު
- އެމްއެންޕީގެ އެޑްވައިޒަރީ ކައުންސިލްގެ މެންބަރު ޢަބްދުﷲ ސިނާން
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން 08 އޮކްޓޫބަރ ވާ ހުކުރު ދުވަހު އޮންނަ މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި އިންތިޚާބުުކުރުމަށްޓަކައި، ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެގެ (03 އޮކްޓޯބަރ 2021) ގެ މެންދުރުފަހު 2:00 ވަނީ ހަމަވެފައެވެ. މިއާ ގުޅިގެން އިންތިހާބުގައި ބައިވެރިވުމަށް މުޅިޖުމްލަ 54 (ފަންސާސް ހަތަރު) ފޯމް ވަނީ ހުށަހަޅާފައެވެ.
އެގޮތުން އިންޓަރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މަޤާމުތަކަކީ:
- ޕާޓީގެ ރައީސް
- 6 ނާއިބު ރައީސުން (އޭގެ 1 މަޤާމަކީ އަންހެން މެންބަރަކަށް ޚާއްޞަ މަޤާމު)
- އަންހެނުންގެ ވިންގ ލީޑަރ
- ޒުވާނުންގެ ވިންގ ލީޑަރު
- އަދި ކައުންސިލް މެންބަރުންގެ ގޮތުގައި 21 މެންބަރުން (އޭގެ ތެރެއިން 7 މަޤާމަކީ އަންހެނުންނަށް ޚާއްޞަ މަޤާމު)
08 އޮކްޓޫބަރ ވާ ހުކުރު ދުވަހުގައި އޮންނަ މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި އިންތިޚާބުުކުރާ މަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެެވެ.
- ޕާޓީގެ ރައީސް
- ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް
- ނާއިބު ރައީސް (އަންހެން މެންބަރުންނަށް ޚާއްޞަ)
- މިރުފަތު އިސްމާޢީލް ޝަފީޤް
- ޢާއިޝަތު ޙުސައިން މަނިކު
- ނާއިބު ރައީސް، މަތި އުތުރު ރީޖަން
- ޝިދާތާ ޝަރީފް
- މުޙައްމަދު ސަޢީދު
- އަޙްމަދު އަނޫޝް
- ނާއިބު ރައީސް، އުތުރު ރީޖަން
- ޙުސައިން އިސްމާޢީލް
- ނާއިބު ރައީސް، މެދު ރީޖަން
- އަޙްމަދު އުޝާމް
- ނާއިބު ރައީސް، މެދު ދެކުނު ރީޖަން
- ޢަބްދުﷲ ރިޔާޟް
- ނާއިބު ރައީސް، ދެކުނު ރީޖަން
- އަޙްމަދު ޝަރީފް
- އަންހެނުންގެ ވިންގގެ ލީޑަރ
- ދުންޔާ މައުމޫން
- އާއިޝަތު ޢަބްދުﷲ
- ޢާއިޝަތު ޙުސައިން މަނިކު
- ޒުވާނުންގެ ވިންގގެ ލީޑަރު
- އިރުފާން ޢަބްދުﷲ
- ޢުމައިރު އަޙްމަދު
- މުޙައްމަދު އިސާމް ޢަބްދުﷲ އިބްރާހީމް
- 14 ކައުންސިލް މެންބަރުން
- މުޙައްމަދު ހާނިމް
- ޢަލީ ޢަބްދުއް ލަޠީފް
- އަޙްމަދު ޝާމިން
- ޢަލީ ނާޝިއު
- މުޙައްމަދު ސިރާޖް
- އަޙްމަދު ސާލިމް ސަޢީދު
- ދުންޔާ މައުމޫން
- އިބްރާހީމް މުޙައްމަދު
- އިބްރާހީމް ޝަބާޢު
- މުޙައްމަދު ނިޒާމް
- މަހްދީ ޢިމާދު
- ޙުސައިން ފަޔާޟް
- މުޖުތަބާ ޙަމީދު
- އަޝްރަފް މުޙައްމަދު ޢަލީ
- އަޙްމަދު ރިޔާޟް
- އަޙްމަދު ހުސާމް
- ޢަބްދުﷲ ޝުހޫދު
- މުޙައްމަދު މަނިކު
- އަޙްމަދު ޢަޒީޒް
- މުޙައްމަދު ރިޔާޟް
- މުޙައްމަދު ސިނާން
- އަސްރާ އަޙްމަދު
- ޝިއުނާ އަބްދުﷲ
- އައިމިނަތު މުޙައްމަދު
- އަޙްމަދު އަމްޖަދު
- މުޙައްމަދު ޔޫސުފް
- 7 ކައުންސިލް މެންބަރުން (އަންހެން މެންބަރުންނަށް ޚާއްޞަ)
- ދުންޔާ މައުމޫން
- ސިޔާމާ ޢަލީ
- ފާތިމަތު ނާޒީން
- ޖަމީލާ ޢަބްދުﷲ
- ޢާއިޝަތު ޢަބްދުﷲ
- އިފާ ޝަރީފް
- އައިިމިނަތު ޝާއިިދާ
- ޝީލާ ނަޖީބު
- ޢާއިޝަތު ޙުސައިން މަނިކު
- ޢާއިޝަތު ޝައްމަ
- ފާތިމަތު ރިފާޢު
- އައިމިނަތު އަޒީމާ
މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 08 އޮކްޓޫބަރ ވާ ހުކުރު ދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައެވެ. 2 ދަންފަޅިއަށް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ މިބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެދުވަހުގެ މެންދުރުފަހު 2 އިން 6 ށް، އަދި ދެވަނަ ދަންފަޅި ރޭގަނޑު 9 ން ފެށިގެން ކުރިޔަށްދާނެއެވެ. ފުރަތަމަ ދަންފަޅީގައި ކުރިޔަށް ދާނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ލާޒިމުކުރާ ކަންކަމުގެ ތެރެއިން ޕާޓީގެ ނަން، ލޯގޯ، ކުލަ، ދިދަ އަދި އަސާސީ ޤަވާޢިދު ފާސްކުރުމާއި އިންޓަރިމް އެގްޒެކެޓިވް ކައުންސިލްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމެވެ. މިބައްދަލުވުމުގައި މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ކުރިޔަށްދާ ވޯޓުލުމުގެ މަރުޙަލާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެކެވެ. އަދި ބައްދަލުވުމުގެ އެހެނިހެން ކަންކަމާއި އިސް މަޤާމުތަކަށް އިންތިޚާބުވީ ފަރާތްތަކުގެ ވާހަކަފުޅު ދެއްކެވުން ކުރިޔަށްދާނީ ދެވަނަ ދަނފަޅީގައެވެ.