
މާލޭގެ ގޯއްޗެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި
ހ. ކަވަލް ކިޔާ ގޭގެ 9 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ އެ ގެޔަށްގޮސް ހަރަކާތްތެރިވެފަ އެވެ. މިހާދިސާގައި އެ އިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުރި ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އަލިފާން ރޯވާން މެދިވެރިވެފައި ވަނީ ބަދިގޭގައި ބޭނުންކުރި ހުޑަށް ދިމާވި އިލެކްޓްރިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެފްއާރުއެސްއިން މަޢުލޫމާތު ދެއެވެ. އެފްއާރުއެސްގެ ފަޔަރމަނުން ދިޔައިރު އަލިފާން ނިއްވާލާފައިވީ ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން އެފްއާރުއެސް އިން ހާމަކުރެ އެވެ. މިހާދިސާގެ ރިޕޯޓް އެފްއާރުއެސްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:47 ހާއިރު ކަމަށް އެފްއާރުއެސް އިން ހާމަ ކުރެއެވެ.