މިިފްކޯއިން “އެޓޯލް” ދަޅުމަސް ޔޫރަޕަށް އެކްސްޕޯޓްކުރަނީ.

ޔޫރަޕްގެ މާކެޓަށް ޚާއްސަކޮށްގެން “އެޓޯލް”ގެ ނަމުގައި އުފެއްދި ދަޅުމަސް ބާޒާރަށް ނެރުމަށް މިފްކޯއިން ތައްޔާރުވެއްޖެެ އެވެ.

މިފްކޯއިން ގައުމުތަކަށް އެކްސްޕޯޓުކުރުމުގެ ބޭނުމަށް މީގެކުރިން އެކުންފުނިން ދަޅުމަސް އުފައްދައި ބަންދު ކުރަމުން އައީ ރާއްޖޭން ބޭރުގެ ބްރޭންޑޫތަކަށް ކަމަށްވިޔަސް މިފަހަރު ބަންދުކޮށްގެން ނެރެން ތައްޔާރު ވެފައިވައި މުޅިން ތަފާތު ބްރޭންޑެކެވެ.

އިޝްތިހާރު Below Header ad

މިއީ މިފްކޯއިން މި ބާވަތުގެ ދިވެހި ނަމެއްގައި ބްރޭންޑެއް އުފައްދައި އެކްސްޕޯޓު ކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން މިފްކޯގެ މެނޭޖިން ޑުރެކްޓަރ އަދްލީ އިސްމާއީލް ވިދާޅުވީ މީ މިފްކޯއިން މިބާވަތުގެ އާ ބުރޭންޑެއް އުފައްދާ އެކްސްޕޯޓުކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަމަށާއި މިއީ މިކަމުން ރާއްޖެއަށް މުހިއްމު އަދި އެހާމެ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

މިފްކޯއިން އުފައްދާ މުޅިން އާ ބުރޭންޑުގެ “އެޓޯލް” ދަޅުމަސް އުފައްދައި ނެރެން ނިންމާފައިވާއިރު މީގެ ކުރިން އެކުންފުނިން ބަންދުކޮށް އެކްސްޕޯޓުކުރާ ބާވަތް ތަކަކީވެސް އިނގިރޭސި ވިލާތާއި ޔޫރަޕުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމެއް ކަމުގައިވެސް އާދިލް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ކަމުން އެޓޯލް ގެ ނަމުގައި އާ ވައްތަރެއްގެ މަސްދަޅު ބަންދުކޮށް ނެރެން ގަސްދުކުރަނީ ވެސް އެ އެ ސަރަހައްދަށް ކަމަށާއި އެގޮތުން މިހާރު ކުރެވެމުންދަނީ އެޓޯލް މަސްދަޅު އިނގިރޭސިވިލާތަށް ނެރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ހުރީ އެޓޯލް ދަޅުމަސް ނެރުމުގެ ހުރިހާ ކަމެއް ކޮށް ނިންމާފައިކަމަށާއި އެގޮތުން ލޭބަލްގެ އެޕްރޫވަލް ވެސް މިހާރު ވަނީ ހޯދާފައިކަމަށެވެ.

މިފްކޯއަކީ ރާއްޖޭގެ އެންމެ ދުވަސްވީ މަސްދަޅު ގެ ބްރޭންޑެއް ކަމުގައިވާ “މަސްމީރު” ރާއްޖޭގައި ވިއްކަމުންގެންދާ ކުންފުނިކަންވެސް ފާހަގަކޮށްލެވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.