
އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަންނަ މިފަދަ ފިތުނަވެރި ޒަމާނެއްގައި އަޅުގަނޑުމެންގެފަދަ ޖަޒީރާ ޤައުމުތަކުން ސަމާލު ވާންޖެހޭ – ޚުޠުބާ –
މިއަދުގެ ހުކުރު ޚުޠުބާގައި ވަރަށް މުހިންމު ފިލާވަޅެއް ދީފައިވެއެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިި އަބަދުވެސް ލޭ އޮހޮރުވުނމާއި، ބައިބައިވުމާއި، ދެކޮޅުވެރި ޢަމަކު ހިންގާ ވާހަކަ އެވެ. އޭގެ ތެރޭގައި ސިޔާސީ ފިތުނަތަކާއި، މަޤާމާއި، ނުފޫޒާއި، ޖާހައްޓަކައި، ހަނގުރާމަ ކުރުމާއި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުުމަށް މަސައްކަތް ކުރާ ވާހަކަ އެވެ.
އަދި މިފަދަ ފިތުނަވެރިކަމެއްގެ ތެރެއަށް ދުނިޔެ ވަންނަ ކޮނެމް ފަހަރަކު އަޅުގަނޑުމެން ފަދަ ޖަރާ ޤައުމުތަކަށް މިކަމުގެ އަސަރު ފޯރިޔަ ނުދީ ވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ބާރު އަޅާފައިވެ އެވެ. މިކަން މިގޮތަށް ނުކޮށްފިނަމަ އަޅުގަނޑުމެންގެ އެކިވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކުން ޤައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިޤްތިޞާދު ހަލާކުވެދާނެކަމާއި، ބުއްދީގެ އަހުލުވެރިން އެފަދަ ނުރައްކާތެރި، ގެއްލުންހުރި ފިތުނައިގެ ޠޫފާނެއްގެ ތެރެއަށް ވަނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އަދިވެސް ހުކުރު ޚުޠުބާގައި ގޮވާލާފައިވަނީ ޤައުމެއްގައި އޮންނަ އެކުވެރިކަމާއި، އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި، ޤައުމު ބައިބައި ވެއްޖެ ނަމަ ދެން އަލުން ކުރީގެ ޙާލަތަށް އެނބުރި ދިއުމަކީ އުނދަގޫ ކަމަކަށް ނޫނީ ނުވާނެ ވާހަކަ އެވެ.
ލީބިޔާ އާއި، ޢިރާޤާއި، އަފްޣާނިސްތާނާއި، ސީރިޔާއާއި، ސޯމާލިޔާއާއި، މިނޫންވެސް ބައެއް ޤައުމުތަކަކީ އަޅުގަނޑުމެން ފަދަ ޤައުމުތަކަށް ހުރި ދިރިހުރި މިޘާލުތަކެކެވެ. އެ ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ވަނީ ގެއްލިފަ ކަމަށާއި އެބައިމީހުންގެ ކަންތައްތައް އެބައިމީހުން އަމިއްލައަށް ޙައްލު ނުކުރުމުގެ ނަތީޖާއަކަށްވީ، އަޅުވެތިކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަޙައްމަލު ކުރަން ޖެހުމުގެ ސަބަބަކަށްވީ އަރާރުން ވުމާއި، ދެކޮޅުވެރިކަމާއި، ދެބަސްވުމާއި، ޤައުމީ ސަލާމަތާއި، ޢާންމު މަޞްލަޙަތަށް ވުރެ ޛާތީ މަޞްލަޙަތު އިސްކުރުމާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތްކުރުމާއި، ދީނުގެ ނަމުގައި ޙައްދު ހަފަނައަޅައި ދިއުމާއި، އަނިޔާވެރިވުމާއި، ނުކިޔަމަންތެރިވުމުން އުފެދޭ ފިތުނަވެރިކަމުގެ ހިތި ނަތީޖާއެއް ކަމުގައެވެ.
ނިންމާލަމުން ފަހު ޚުޠުބާގައި، ކީރިތި ރަސޫލާއަކީ މުޅި އިންސާނިއްޔަތަށްވާ އެންމެ ހެޔޮ ނަމޫނާކަމަށާއި އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުމަށާއި އެކަލޭގެ ފާނުސުވަރުގެ ވަޑައިގަތީ ޞުލްޙަވެރި، އެކުވެރި، އަޅާލާ، އޯގާތެރި، ލޯތްބާއި ކުލުނުން ފުރިގެނވާ މުޖުތަމަޢެއް ބިނާކޮށްފައިކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެހެން ކަމުން އަޅުގަނޑުމެންނަށްވެސް އުފާވެރި ހިތްހަމަޖެހޭ ޞުލްޙަވެރި އަމާން މުޖުތަމަޢުއެއް ބިނާކުރެވޭނީ ކީރިތި ރަސޫލާ ދެއްކެވި ރިވެތި ނަމޫނާގައި ހިފަހައްޓަގެން ކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައިވަނީ ބަޔާން ކޮށްފައެވެ.