ޚަބަރު ފީތާ

ވެމްކޯގެ މުވައްޒަފެއްގެ ފަރާތުނެ ދިމާވި މައްސަލައާގުޅިގެން ވެމްކޯއިން މާފަށްއެދިއްޖެ

ފައިލް ފޮޓޯ

25 ސެޕްޓެންބަރު 2021 ވަނަ ދުވަހު މީސްމީޑިއާގައި އަދި ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުގައި ދައުރުވަމުންދާ ވީޑިއޯއަކާގުޅިގެން އެ ކުންފުނީން އެކަން ދިމާވި ގޭބިދީއަށް ޒިޔާރަތްކޮށް މައްސަލަ ހިނގިގޮތް ބަލައި، ކަސްތަމަރުގެ އަރިހުން މާފަށް އެދިެއްޖެއެވެ.

އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ޚިދުމަތްތައް ބައްޓަން ކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ހާމަކުރެ އެވެ.

އެ މައްސަލާގައި ޝާމިލު ވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނަމަވެސް ކުރިން މިކަހަލަ އެއްވެސް ކަމެއް އެ މުވައްޒަފުގެ ފަރާތުން ދިމާވެފައި ނުވާކަންވެސް ވެމްކޯއިންވަނީ ހާމަ ކޮށްފައެވެ.

އެ ކުންފުނީގެ ޢިޖްތިމާޢި ޒިންމާގެ ދަށުން އެފަދަ އެކި ފަރުދުން ދަނީ މަސައްކަތްތަކުގައި ޙަރަކާތްތެރިވެ މަސްޢުލުވަމުންނެވެ.

އެމުވައްޒަފު ވަނީ ވަޤުތީގޮތުން އެ ކޯޕަރޭޝަންގެ ހައުސްހޯލް އޮޕަރޭޝަނުން އެކަހެރި ކުރެވިފައެވެ.

ރައްޔިތުންގެ އިތުބާރު ބޮޑު އެމްކޯއިން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންދޭ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަން އުފަލާއެކު ފާހަގަ ކުރާކަމުގައި އެ ކުންފުނިން ހާމަކުރެ އެވެ.

Like
Like Love Haha Wow Sad Angry