
ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ
އެމް ޓީސީސީ އިން ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާ މަޝްރޫޢުގެ ދަށުން މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 10 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިއްޖެ. އެވެ.
މި މަޝްރޫޢުގެ ދަށުން، 77,831ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 227 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 193 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެކުންފުންނިން ހާމަ ކުރެ އެވެ.
އެމްޓިސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 48.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.