
ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމަށް އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި ކެޕިންގ ބީމް މަސައްކަތްތައް ނިމިއްޖެ
ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި ކެޕިންގ ބީމް މަސައްކަތްތައް ވަނީ ނިމިފަ އެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް. ކަމުގައިެސް އްމ ޓީސީސީ އިން ހާމަ ކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
Dhen thee royal island hinnavaru veema project bodukoh ninmaalanee dw.raees solihoo