
ބ. ތުޅާދޫ ފަޅު އަލުން ފުންކުރަނީ
ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. އެމް ޓީސީސީ އިން މި މަސައްކަތް ފަށާފައިވަނީ 15 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގަ އެވެ.
މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މި މަޝްރޫޢަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.