ޚަބަރު ފީތާ

24 އަހަރުގެ ޚިދުމަތް ކުރުމަށްފަހު ކެޕްޓަން އަޙްމަދު ރަޝީދު ރިޓަޔަރ ކުރައްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހާބަރ މާސްޓަރގެ ގޮތުގައި 24 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރުމަށްފަހު، ކެޕްޓަން އަޙްމަދު ރަޝީދު ރިޓަޔަރ ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ހާބަރ މާސްތަރގެ ގޮތުގައި ކެޕްޓަން އަޙްމަދު ރަޝީދު އެމް އެލް އާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރުއެވެ.

އެ ކުންފުނިން ފާއިތުވި 24 އަހަރު ހޯދި ކުރިއެރުންތަކުގައި، ކެޕްޓަން އަޙްމަދު ރަޝީދުގެ ދައުރު ވަރަށްބޮޑުކަމުގައި އެމް ޕީ އެލް އިން ހާމަ ކުރެއެވެ.

ޕައިލަޓޭގް އެންޑް މެރިން ސާވިސަސްގެ އެންމެ އިސް ެރިއެއްގެ ގޮތުގައި މެރިން އޮޕަރޭޝަނތައް ހަރުދަނާކޮށް، އެދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރުމުގައި، ކެޕްޓަން އަޙްމަދު ރަޝީދު ވަނީ އަގު ނުކުރެވޭ ފަދަ މަސައްކަތަތަކެއް ކކުރައްވާފައެވެ.

ކެޕްޓަން އަޙްމަދު ރަޝީދު ފާހަގަ ކުރެވިފައިވަނީ ޕރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓައި، މަސައްކަތުގެ މަސްޢުލިއްޔަތުތައް ވަރަށް ރަނގަޅަށް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަށް 24 އަހަރުގެ ދިގު މުއްދަތަކަށް ކެޕްޓަން އަޙްމަދު ރަޝީދު ކޮށްދީފައިވާ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކޮށް އެ ކުންފުނީގެ ބޯޑާއި މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި ޝުކުރު އަދާކޮށްފައިވެ އެވެ.

ކެޕްޓަން އަޙްމަދު ރަޝީދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން އެމްޕީއެލް އިން އެކަން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ.

މި ރަސްމިއްޔާތުގައި ކެޕްޓަން އަޙްމަދު ރަޝީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޚާއްޞަ ޝީލްޑަކާއި ހަނދާނީ ފިލައެއް ވަނީ ދީފައެވެ.

ކެޕްޓަން އަޙްމަދު ރަޝީދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ހާބަރ މާސްޓަރގެ މަޤާމު ދެން އަދާ ކުރައްވާނީ ކެޕްޓަން ޙަސަން ޒަރީރެވެ.

އެ ކުންފުންޏަށް ޙަސަން ޒަރީރު ގުޅިވަޑައިގަތީ މެރިޓައިމް ދާއިރާގެ 30 އަހަރރުގެ ތަޖުރިބާއާއެކު އެވެ. ކެޕްޓަން ޙަސަން އެންމެ ފަހުން މަސައްކަތް ކޮސްފފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ( އެސް ޓީ އޯ ގައެވެ.

އޭގެ ކުރިން ސިންގަޕޫރުގެ އޭޕެކެސް ޝިޕް މެނޭޖްމަންޓް ކުންފުންޏާއި މޯލްޑިވްސް ނެޝަނަލް ޝިޕް މެނޭޖްމެންޓް ލިމިޓަޑްގައި ވެސް ކެޕްޓަން ޙަސަން ޒަރީރު ވަނީ މަސައްކަތް ކުރައްވާފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: