މިއަހަރު މަަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ކ. ގާފަރުގައި

2021 ވަނަ އަހަރު ފާހަގަކުރާ 41 ވަނަ މަސްވރިންގެ ދުވަހުގެ އިހުތިފާލުތައް މާލެ އަތޮޅު ގާފަރުގައި ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ.

ކ. ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ ގޮތުން މާލެ އާއި ކައިރި ސަރަހައްދެއްގައި ދުވަސް ފާހަގަ ކުރުމަށެވެ.

އިޝްތިހާރު Below Header ad

މި ސަބަބާހުރެ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިމަތި ލުމަށް ޢާންމުކޮށް އިޢުލާން ކޮށްފައެއް ނުވެއެވެ.

2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކ.ގާފަރުގައި ބޭއްވުމަށް ނިންމާފައިވަނީ ގާފަރު ކައުންސިލާއި މަޝްވަރާ ކުރުމަށްފަހުގަ އެވެ.

2020 ގައި މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމްތައް މަދުކޮށް ވަރޗުވަލް ކޮށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.