ޚަބަރު ފީތާ

މަންމާއެ! އަހަރެން ނުމަރާށެ!

ލޯބިވާ މަންމާއެވެ. އަޅުގަނޑަކީ މަންމަގެ ލޯބިވާ ދަރިފުޅެވެ. މަންމައަކަށް އަދި އަޅުގަނޑާބެހޭ ގޮތުން އެހާބޮޑަކަށް ނޭންގޭނެއެވެ. އަޅުގަނޑުގެ އުމުރުން އަދިވީ ކުޑަ ހަފްތާކޮޅެކެވެ. މަންމައަށް ވަރަށް އަވަހަށް އަޅުގަނޑާބެހޭގޮތުން އެގޭނެއެވެ. އެހެންނަމަވެސް އަޅުގަނޑު މަންމައަށް ތައާރަފު ވުމުގެ ހުއްދަ ދެއްވާށެވެ. އަޅުގަނޑުގެ ނަމަކީ ޢިޝާ އެވެ. އަޅުގަނޑަށް ރީތި މުށިކުލައިގެ ދެލޮލާއި ކަޅު އިސްތަށިގަނޑެއް ލިބިފައި ވެއެވެ. އެކަމަކު އަދި އަޅުގަނޑަކަށް އެފުރިހަމަ ކަމެއް ނުލިބެއެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އުފަންވާއިރު ލިބޭނެއެވެ. އަޅުގަނޑު ވާނި ހަމައެކަނި މަންމަގެ ދަރިއަކަށެވެ. އެދުވަހުން މަންމަ އަޅުގަނޑަށް ލޯބިވާ ދަރިފުޅާއޭ ކިޔާފަ ގޮވާނެއެވެ. އަޅުގަނޑު ބޮޑުވާނީ ބައްޕައަކާ ނުލާހެން އަޅުގަނޑަށް ވަރަށް ހީވެއެވެ.

އެހެންނަމަވެސް ބުނަންހެއްޔެވެ؟ އަޅުގަނޑު އަބަދުވެސް މަންމައާއެކު ވާނަމެވެ. މަންމަވެސް އަޅުގަނޑާއެކު ވާނެކަން  ޔަޤީނެވެ. އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވާނަމެވެ. އަދި އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާނަމެވެ. މަންމައަށް އެގޭހެއްޔެވެ؟ އަޅުގަނޑު ބޮޑުވެގެން ވާނީ ޑޮކްޓަރަކަށެވެ. އެދުވަހުން މަންމަގެ ތިޔަ ނިޔަނެތި މޫނުގެ ހިނިތުންވުން މިހާރުވެސް އަޅުގަނޑަށް ފެންނަކަހަލައެވެ. މަންމައަށް އެގޭހެއްޔެވެ؟ މަންމަ ހިނިތުންވީމަ ހާދަ ލޯބިއެވެ. ތިޔަ އުފާވެރި މޫނަކީ އަޅުގަނޑަށް ދުނިޔެއިން އެންމެފުރަތަމަ ފެންނާނެ މޫނެވެ. އަދި އަޅުގަނޑަށް ފެންނާނެ އެންމެ ހިތްއުފާކުރުވަނިވި މަންޒަރެވެ. އަޅުގަނޑަށް މިހަރުވެސް އެ އިހުސާސް ކުރެވެއެވެ.

މިއަދަކީ މަންމަ އަޅުގަނޑުގެ ވާހަކަ ފުރަތަމަ ފަހަރަށް ބައްޕައަށް ނަންގަންނަ ދުވަހެވެ. މަންމަގެ ތިޔަ އުފަވެރި އަދި އުންމީދީ އިހުސާސް އަޅުގަޑަށްވެސް ކުރާކަހަލައެވެ. މަންމާއެވެ. ބައްޕަ އެހާ އުފާވި ހެނެއް ހިޔެއްނުވެއެވެ. ބައްޕަ އަޅުގަނޑުދެކެ ލޯބި ނުވަނީ ހެއްޔެވެ؟ މަންމާއެވެ، އަޅުގަޑަށް ޖަވާބު ދެއްވާށެވެ. މަންމައަށް އެކަން ފާހަގަ ކުރެވުނު ހެއްޔެވެ. އަޅުގަޑަށް އެކަން ޔަޤީން ވިއެވެ.  އެހެން ނޫންނަމަ ބައްޕަ އަޅުގަނޑާއި ކައިރިވެލާ ލޯބިން މަގޭ ލޯބި ލޯބި ދަރިފުޅާއޭ ކިޔާ ގޮވާލީހެވެ. އެކަމު އަޅުގަނޑަށް އިވުނީ ބައްޕަގެ އަޑު އެހެން ގޮތަކަށެވެ. ބައްޕަ ވިދާޅުވަމުން ގެންދެވި އެއްޗެއް އަޅުގަނޑަށް ސާފެއް ނުވިއެވެ. ކޮންމެވެސް ނުދެއްކިހުރި ބިލްތަކަކާއި، ފައިސާއާއި، އަދި ލިބޭ ކޮންމެސް އެއްޗެއް ދޮކޮޅުނުޖެހޭ ވާހަކައެކެވެ.

އެއީ ކޮންވާހަކަ ތަކެއްކަމެއް ހަމައެއްގޮތަކަށްވެސް އަޅުގަޑަކަށް ނޭންގެއެވެ. އެކަމުވެސް މަންމަ ހުރީ އުފަލުންކަން އިހުސާސްވުމުން އަޅުގަނޑުގެ ކުޑަ ކުޑަ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. ކުއްލިއަކަށް އަޅުގަޑަށް އެއިވުނީ ކޮންފަދަ ބާރު އަޑެއްހެއްޔެވެ؟ މަންމާއެވެ. މިވަނީ ކީއްހެއްޔެވެ. މަންމަގެ ގައިގައި ބައްޕަ ޖެއްސެވީހެއްޔެވެ؟ އަޅުގަނޑަށް މަންމަ ފަހަތަށްގޮސް ވެއްޓިއްގެކަމުގެ އިހުސާސް ކުރެވިއްޖެއެވެ. މަންމާ ތެދުތެދަށް ބުނުއްވާށެވެ. މަންމައަށް ބައްޕަ އަނިޔާ ކުރަނީހެއްޔެވެ؟ މަންމަގެ ރަޙުމަތުން ފުރިފައިވަ ތިޔަ ދެއަތުން އަޅުގަނޑު ހިމާޔަތް ކުރަމުންދާކަން އަޅުގަނޑަށް އެބަ އިހުސާން ކުރެވެއެވެ. ލޯބިވާ މަންމާއެވެ. ތިޔަ މިނެއްނެތް ހިމާޔަތުގެ ދަށުގައި އަޅުގަޑު މިއޮތީ ގަދަވެ ހެޔޮހާލުގައެވެ. މަންމައަށް ޝުކުރު އަދަކުރާނެގޮތެއްވެސް އަޅުގަނޑަށް ނޭންގެއެވެ.

އެކަމު މަންމައަށް ތިޔަވި އަނިޔާއިން އަޅުގަނޑު ވަރަށް ދެރަވެއްޖެއެވެ. މަންމަ ގިސްލާފައި ރޯއަޑުން އަޅުގަނޑުގެ މި ނިކަމެތި ހިތް އެބަ ކުދިކުދި ވެއެވެ. ތިޔައީ އެއަޑެއް އިވުމުން އަޅުގަނޑަށް އެންމެ އަސަރުކުރާ އަޑެވެ. އެއަށްފަހު ބައްޕަ މަންމަކައިރީ މާފައްއެދުނެވެ. އަދި ބައްޕަގެ ގަޔާ މަންމަ ގާތްކޮއްލިއެވެ. އެހިދުން މަންމަ ކަރުނަ ފޮހެލާފައި ތިޔަ ހިނިތުންވެލީ ބައްޕަ މަންމަދެކެ ލޯބިވަކަމަށް ބަލާފަހެއްޔެވެ؟ އެކަމު އަޅުގަނޑަކަށް އެހެނެއް ހިޔެއްނުވެއެވެ. ބައްޕަ އެކަންތައް ކުރެއްވީ ރަނގަލަކަށް ނޫނެވެ. އެހެންވިޔަސް އަޅުގަނޑުގެ މައްސަލައެއް ނެތެވެ. މަންމަ އުފަލުގަ ހުރިއްޔާ އަޅުގަނޑައް ފުދިފައި ބާކީވެސް ވެއެވެ.

އެންމެފަހުން މަންމައަށް އަޅުގަނޑު ފެންނަން ކައިރިވަނީއެވެ. މަންމަހެ ތިޔަ އުފަވެރި އަދި ހައިރާންކުރުވަނިވި އިހުސާސް އަޅުގަޑު ވަރައް ކައިރިން މިދަނީ ބަލަމުންނެވެ. މަންމަގެ ބަނޑު އިތުރަށް ބޮޑުވަމުންދާވަރަކަށް މަންމަ އަޅުގަނޑާމެދު ފަޙުރުވެރި ވާކަންވެސް އަޅުގަނޑަށް އެގެއެވެ. މާމައާއެކު މަންމަ އަޅުގަނޑު ލާނެހެދުން ގަންނަން ދާކަންވެސް އަޅުގަނޑަށް އެގެއެވެ. މަންމަ ވަރައްގިނައިން އަޅުގަނޑަށް ލަވަކިޔަދެއެވެ. މަންމައަށް އެގެހެއްޔެވެ؟ މަންމަގެ އަޑަކީ މުޅިދުނިޔެއިންވެސް އެންމެ ރީތި އެންމެ ހިތްގައިމު އަޑެވެ.

އެއީ އަޅުގަނޑު އެންމެ އުފާވާ ހިނދުކޮޅެވެ. މަންމަ އަޅުގަނޑާ ވަހަކަ ދައްކައެވެ. ލޯބިން އަބަދު ފިރުމައެވެ. އެއީ ހަޤީގަތުވެސް އާދަޔާހީލާފު ރައްކާތެރިކަމެކެވެ. މަންމަ ބައްލަވަން ހުންނަވާށެވެ. އަޅުގަނޑު އުފަންވުމުން އަޅުގަނޑަކީ މަންމަ ފަޙުރުވެރިވާފަދަ ދަރިޔަކަށް ވާނަމެވެ. އެއީ ހަމައެކަނި މަންމައަށްޓަކައެވެ. މަންމަގެ އުފަލައްޓަކައެވެ. އޭރުން މަންމަ އަޅުގަޑަށްޓަކައި ފަޙުރުވެރި ކުރުވާނަމެވެ. އަދި އަޅުގަނޑު މަންމަދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވާނަމެވެ. މަންމާއެވެ. މިހާރު އަޅުގަނޑަށް އަތާއި ފައިވެސް ތަޅުވާހެދެއެވެ. މަންމަގެ ބަނޑުތެރޭގައި އަޅުގަނޑު ހަރަކާތް ކުރަނީ ވަރަށް މަޖާވެފައެވެ. މަންމަ އަޅުގަނޑުގެ ގައިގައި ކޮއްޓާލައެވެ. އަޅުގަނޑުވެސް ކޮއްޓާލަމެވެ. މަންމާއެވެ. މަންމަދެކެ އަޅުގަނޑު ވަރަށް ލޯބިވެއެވެ.

މަންމާއެވެ. މިއަދަކީ އަނެއްކާވެސް މަންމަ ކައިރިއަށް ބައްޕަ އަންނަ ދުވަހެވެ. އަޅުގަނޑު ވަރަށް އެބަ ބިރުގަނެއެވެ. މިފަހަރުވެސް ބައްޕަގެ ވާހަކަ އެހާ ތަފާތެވެ. ބައްޕަބުނަމުންދިޔައީ ބައްޕަ މަންމަ ބޭނުން ނޫން ވާހަކައެވެ. އެއީ ކީއްވެކަމެއް އަޅުގަނޑަ ނޭންގުނެވެ. އެކަމަކު ބައްޕަ ބުނީ އެހެންކަން ޔަޤީނެވެ. އަނެއްކާވެސް ބައްޕަ މަންމަގައިގައި ޖެއްސެވިއެވެ. މަންމާއެވެ. އަޅުގަނޑު ބައްޕައާ ރުޅިއެވެ. މަަންމާ ބުނަންހެއްޔެވެ. އަޅުގަނޑު ބޮޑުވެގެން މަންމައަށް އެއްވެސްމީހަކު ހާނީއްކައެއް ކުރިޔަ ނުދޭނަމެވެ. މަންމަ އަބަދު ރައްކަތެރިކޮއްދޭނަން ކަމަށް އަޅުގަނޑު ވަޢުދުވަމެވެ. މަންމާއެވެ. ބައްޕަ ވަރަށް ގޯހެވެ. މަންމައަށް ބައްޕަ ކިތަންމެ ރަނގަޅުހެން ހީވިޔަސްވެސް މެއެވެ. ބައްޕަ އަޅުގަނޑުމެން ދެމީހުން ބޭނުން ނޫންވާހަކަވެސް ބުނި ނޫންހެއްޔެވެ؟ ބައްޕަ އަޅުގަނޑު ބޭނުން ނޫނިހެއްޔެވެ.

އަޅެ އެއީ ކީއްވެ ހެއްޔެވެ؟ ނިކަމެތި އަޅުގަނޑުގެ ކުށަކީ ކޮބާހެއްޔެވެ؟ މަންމާއެވެ. އަޅުގަނޑަށް ޖަވާބުދެއްވާށެވެ. އަޅުގަނޑާ މަންމަ މިރޭ ވާހަކަވެސް ނުދައްކާނަން ހެއްޔެވެ؟ އަޅުގަނޑާ ރުޅީހެއްޔެވެ؟ އަނެއްކާ ނޫނީ ކަމެއް ގޯސް ވީކީ ނޫންބާއެވެ؟ ބައްޕަ އައިފަހުން މިިހާރު ތިން ދުވަސް މިވީ މަންމަ އަޅުގަނޑާ ބަސް ވެސް ނުކިޔަމެއްނޫންހެއްޔެވެ! ފިރުމާވެސް ނުލާ، ލަވައެއްވެސް ކިޔާ ނުދޭ. މަންމަަ އަޅުގަނޑުދެކެ މިހާރު ލޯބި ނުވަނީ ހެއްޔެވެ؟ އެކަމު އަދިވެސް އަޅުގަނޑު މަންމަދެކެ އިންތިހާއަށް ލޯބިވޭ އިނގޭ މަންމާ! އަޅުގަނޑަށް މިހާރު މަންމަގެ ފަރާތުން އަރާމެއް ލިބޭނީ މަންމަ ނިދާވަޤުތުު އެކަންޏެވެ. އެވަޤުތު ނުދެނެހުރެ މަންމަ އަޅުގަނޑުގެ ގައިގައި ދެއަތުން ބައްދާލައެވެ. އެއީ އާދަޔާޙިލާފު ހިމާޔަތްތެރި އުފާވެރި ވަޤުތެކެވެ.

މަންމައަށް އެގޭހެއްޔެވެ؟ މިއަދަކި އަޅުގަނޑަށް 21 ހަފްތާ ވާދުވަހެވެ. މަންމަ އަޅުގަނޑާމެދު ފަޙުރުވެރި ނުވޭހެއްޔެވެ؟ މިއަދު މަންމަ އަޅުގަނޑު ގޮވައިގެން ތިޔަދަނީ މުޅިން އާތަނަކަށެވެ. މިތަން ބޮޑަށް ވައްތަރީ ހޮސްޕިޓަލަކާއެވެ. މަންމައަށް އެގޭހެއްޔެވެ. އަޅުގަނޑު ބޮޑުވެގެން ވާނީ ޑޮކްޓަރަކަށެވެ. މިއަދު މިކުރެވެނީ އާދަޔާ ޙިލާފު އިހުސާސެކެވެ. މަންމަގެ ހިތުގެ ވިންދު މިޔަދު ހާދަ ބާރެވެ. މަންމަގެ ހިތުގަ އޮތްއެއްޗެއް ހަމަ އެއްގޮތަކަށްވެސް ނޭންގެއެވެ. ޑޮކްޓަރު މަންމައާއި ވާހަކަ ދަށްކާއަޑު އަޅުގަނޑައް އިވެއެވެ. އެކަމު ކީޔާއެއްޗެއް ސާފެއްނުވެއެވެ. މަންމާއެވެ. އަޅުގަނޑުގެ ހިތް ވަރަށް ވަރަށް ބޮޑަށް އެބަ ބިރުގަނެއެވެ. އަޅެ ބުނެބަލާށެވެ. މަންމަ އަޅުގަނޑުދެކެ ލޯބިވޭނޫން ހެއްޔެވެ؟ ބުނެދެއްވާށެވެ. އޭރުން އަޅުގަނޑު ހިތްހަމަ ޖެހޭނެއެވެ.

މަންމާއެވެ. އެމީހުން އެކުރަނި ކީއްހެއްޔެވެ؟ އަޅުގަނޑަށް ވަރަށް އެބަތަދުވެއެވެ. އަޅުގަޑަށް އެމީހުން އެހަދަނީ ކިހިނެއްހެއްޔެވެ؟ މަންމާ އެމީހުން ހުއްޓުވާށެވެ. އެމީހުން އަޅުގަޑަށް އަނިޔާކުރަނީއެވެ. އަޅުގަނޑުގެ މަހާއި ކައްޓާއި އެއްވާފަަދަ ގަދަފަދަ ޢަޒާބެއް އަޅުގަނޑަށް މިދެވެނީ ކޮންކަމަކާހެއްޔެވެ؟ މަންމާއެވެ. އަޅުގަނޑު ބޮޑުވެގެން މަންމަ ހިމާޔަތް ކޮއްދޭނެކަމުގެ ވަޢުދު ވީމެވެ. އެކަމު މިއަދު އަޅުގަނޑު ފާނާކޮށްލަން ތިޔަ ނިންމެވީ … ތިޔަ ނިންމެވީ ހަމަ އަޅުގަނޑުގެ ލޯބިވާ މަންމަ ހެއްޔެވެ؟؟ މަންމާއެވެ. މިހިކަމެތި ކުޑަކުޑަ މަޙްލޫޤަށް ރަޙުމް ކުރައްވާށެވެ. އަޅުގަނޑުގެ ދިރިހުރުމުގެ ޙައްޤު އަޅުގަނޑަށް ހޯއްދަވައިދެއްވާށެވެ. މަންމާއެވެ. އާދޭސް ކޮށްފައި ބުނަމެވެ. މިމީހުން ހުއްޓުވާށެވެ. ހުއްޓުވާށެވެ، ހުއްޓު….

މަންމާ ދެރަނުވާށެވެ. އަޅުގަނޑު މިހުރީ ރައްކާތެރިކަމުގައެވެ. ގަދަކީރިތިވަންތަ ﷲ ގެ ރައްކާތެރިކަމުގައެވެ. އެކަލާންގެ މަލާއިކަތުންގެ އަރިހުގައެވެ. އެބެއިކަލުން އަޅުގަޑަށް މަންމަ ތިޔަކުރެއްވި ކަންތަކުގެ ޙަބަރު ދެއްވައިފިއެވެ. އަޅުގަނޑަށް އެގުނުގޮތުގައި ތިޔަ ހެއްދެވީ “އެބޯޝަން” އެވެ. ލޯބިވާ މަންމާއެވެ. އަޅެ މަންމަ ތިޔަހެން ތިހެއްދެވި ކީއްވެ ހެއްޔެވެ؟ އަޅުގަނޑުދެކެ މަންމަ އިތުރަށް ލޯބި ނުވަނީ ހެއްޔެވެ؟ މަންމައަށް އަޅުގަޑާހެދި ދިރިުޅުމަށް އުދަގުވީ އަޅުގަޑު ކީއްކޮއްގެންތޯއެވެ؟ އަޅުގަނޑައް މަންމަ ދެރަވާވަރުގެ ކިތަންމެ ކުޑަކަމެއް ކުރެވިފައިވާނަމަވެސް އަޅުގަނޑު މަންމަކައިރީން ނިހާޔަތަށް މާފަށް އެދެމެވެ. އަދިވެސް އަޅުގަޑު އިންތިހާއަށް މަންމަދެކެ ލޯބިވެއެވެ. އިރާދަކުރެއްވިއްޔާ ޤިޔާމަތްދުވަަހުން މަންމަގެ ޝަފާއަތަށް އެދި ގަދަކީރިތި ވަންތަ ﷲ ގެ ޙަޡުރަތުގައި އާދޭސް ދަންނަވާނަމެވެ. އޭރުންވެސް އަޅުގަނޑު ދެކޭގޮތުގައި، މަންމަގެ ބަނޑުގައި އަޅުގަނޑު ވި މުއްދަތުގެތެރެއިން އަޅުގަނޑުގައިގައި ފިރުމާލި އެންމެ ފިރުމާލުމެއްގެވެސް އަގު ޢަދާ ނުކުރެވޭނެއެވެ.

ލޯބިވާ މަންމާއެވެ. ފަހުން އަޅުގަނޑުގެކެ މަންމަ ލޯބި ނުވި ކީންހެއްޔެވެ؟ އެމީހުން އެކުރިވަރުގެ ބޮޑު ރަޙުމްކުޑަ އަނިޔާއެއް އަޅުގަޑަށް ޙައްޤުވީ ފަހެ އަޅުގަނޑު ކުރި ކޮން ކުށަކަށް ހެއްޔެވެ؟ މަންމަ އަޅުގަނޑަށް ރަޙުމް ކުޑަކުރިތަންފެނިފަ އަޅުގަނޑަށް ހާދަ އަސަރެއް ކުރިއެވެ. އަޅުގަނޑަށް މަންމަދެކެ އެހާލޯބި ނުވެވުނީ ހެއްޔެވެ..؟؟

މަންމާ އަޅުގަނޑުދެކެ ލޯބިވެޔޭ ބުނެދެއްވާށެވެ. އަޅުގަނޑު ބޭނުމޭ ބުނެދެއްވާށެވެ. އަޅުގަނޑު އަނބުރާ މަންމަ ކައިރިއަށް ގެންދަވާށެވެ. އަޅުގަނޑު އަދިވެސް ބޭނުމި ތިޔަ ކޮޅެއް މިނެއްނެތް ލޯތްބެވެ. އަދިވެސް ބޭނުމި ތިޔަ ދެއަތުގެ ޙިމާޔަތެވެ. އެރުން އަޅުގަޑުމެން ދެމީހުން ތިބޭނި އުފަލުން ފޮޅިފޮޅިއެވެ. އަޅުގަނޑު ތިޔަ ހަނދެއްފަދަ މޫނަށް ބަލަބަލައި އުފަލުން ހުރެ ބޮޑުވާނަމެވެ. ބޮޑުވެގެން ޑޮކްޓަރަކަށްވެސް ވާނަމެވެ. ލޯބިވާ މަންމާއެވެ. އަޅުގަނޑަށް ކިތަންމެ ކުޑަކޮށް ނަމަވެސް މަންމަ ހިތުޖެހޭ ކަމެއް ކުރެވިފައިވާނަމަ އަޅުގަނޑަށް މާފު ކޮށްދެއްވާށެވެ. މަންމަދެކެ އަޅުގަނޑު އަދިވެސް ވަރަށް ވަރަށް ވަރަށް ލޯބިވެއެވެ. މަންމައަށް އެގޭހެއްޔެވެ؟ ހެދޭ ކޮންމެ “އެބޯޝަން” އަކީ ހުއްޓާލެވޭ އިތުރު ހިތެކެވެ. އަބަދަށްޓަކައި ބަންދުކޮށްލެވޭ އިތުރު ދެލޮލެވެ. ހަރަކާތް ހުއްޓާލެވޭ އިތުރު ދެ އަތެވެ. ދެން ދުވަހަކުވެސް ދުއްވައިނުގަނެވޭނޭ ދެފައެވެ. ރަޙުމަކާއިނުލާ މަރާލެވޭ ކުށެއްނެތް ފުރާނައެކެވެ.

އެބޯޝަން ހައްދައިގެން މަރާލެވޭ ކޮންމެ ތުއްތު ކުއްޖަކީ ހިތްތަކަށް އިހުސާސްވެސް ނުކުރެވޭފަދަ ވޭނަކާއި ތަދެއްދެވި، އަނިޔާވެރިކަމާއި ރަޙުމްކުޑަ ކަމުގެ އިންތިހާއީ ޢަމަލެކެވެ. ތިމާ އަމިއްލައަށް މިސްޗަރަކަށްލެވި އޭގެ ތޫނޫ ތިލަތަކުން ކަފައި ކުދިކޮށްލެވޭހިނދު އަޅާނެ ވޭނާއި ހިތަށް ކުރާނެ އަސަރު އިހުސާސް ކޮއްލާށެވެ. އެނިކަމެތި އާރެއްބާރެއްނެތް ކުޑަ ކުޑަ އިންސާނާއަށްވެސް ހަމައެވޭނާއި ތަދު އިހުސާސްވާނެއެވެ.

 

Like
Like Love Haha Wow Sad Angry