މަސްތުވާތަކެތި އެތެރެކުމާއިއޭގެ ވިޔަފާރިކުރާ މީހުންނަށް މިހާރު އޮންނަ ޢުޤޫބާތަށްވުރެ ހަރުކަށި ޢުޤޫބާތެއް ކަނޑައަޅައި، ތަންފީޒު ކުރަމަކީ ކޮންމެހެން ބޭނުންކަމެއް – ޚުޠުބާ

މިއަދުގެ ހުކުރު ޚުޠުބާގައި މަސްތުވާތަކެތީގެ ހުރި ނުރައްކަލާ އެކަމުން ލިބޭ ގެއްލުމުގެ ވާހަކަ ބަޔާންކޮށްފަައިވެއެވެ.  އެގޮތުން އިސްލާމްދީނުގައި މަސްތުވާ ހުރިހާ ބާވަތެއް ޙަރާމް ކުރައްވާފައިވަނީ އެއިން ލިބޭ ގެއްލުމުން މުޖުތަމަޢާއި އަފުރާދުން ސަލާމަތް ކޮށްދިނުމަށް ކަމަށް ބަޔާންކޮށްދެއްވަމުން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއް ގެންނަވާފައިވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ފުޅު ކުރައްވާފައި ވެއެވެ.

އިޝްތިހާރު Below Header ad

كُلُّ مُسْكِرٍ خَمْرٌ، وَ كُلُّ مُسْكِرٍ حَرامٌ ( رواه مسلم)

މާނައީ: “މަސްތުވާ ކޮންމެ އެއްޗަކީ ރަލެކެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ.”

މީގެ އިތުރުންވެސް މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި، މަސްތުވާތަކެތތީގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް ޢާއިލާއެއް މަދުކަން ފާހަގަ ކުރެއްވިއެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި ﷲާޅުކަން ބޮޑުގޮތެއްގައި ކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެއްކަމާއި މައިންބަފައިންނާއި، އަނބިދަރިންގެ ކަރުނަ ފޮހެދީ ކާއެތިކޮޅު ފޯރުކޮށްދޭންޖެހޭ އަތްތަކުން ކާއެތިކޮޅަށް ހޭދަކުަން އޮންނަ ލާރިކޮޅު އަންދައި އަޅިއަށް ހަދާލައި، ހިފާގެންގުޅޭ ސާމާނުން ފެށިގެން ހަރުމުދާތައް ވިއްކާ ހުސްކުރަނީ ވެސް މިކަމުގެ ޝިކާރައަކަށްވެފައިވާ މީހުންކަން ފާހަގަ ކުރެއްވިއެވެ. އަދި އަނބި ދަރިން ޙިމާޔަތް ކުރަންޖެހޭ އަތްތަކުން އެބައިމީހުންނަށް އަނިޔާއާއި ގޯނާ ކުރުމުގައި ޙައްދުފަހަނައަޅާފައިވާ ކަން ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

ފައިސާގެ ދަހިވެތިކަމުގައި ޖީލުތައް ބަރުބާދު ކުރަމުންދާ މީހުނަށް ޢިޝާރާތް ކުރައްވާ ގޮވާލާފައިވަނީ ﷲއަށް ބިރުވެތިވާންވީ ވަޤުތު އަދި ވެސް ނާންނަނީހެއްޔެވެ. މިއަދު ތިބާގެ އަތުގައި ވަޤުތީ އުފާވެރިކަމެއް ފެނުނުކަމުގައި ވިޔަސް، ﷲއަށް ތައުބާ ނުވެހުރެ މަރުވެއްޖެނަމަ، ތިބާއާ ކުރިމަތތިވާނެ ކަންތައްތަކާ މެދު ފުންކޮށްވިސްނާށެވެ. މާދަމާ ﷲގެ ޙަޟްރަތުގައި ތިބާއާމެދު ޝަކުވާ ދަންނަވާނެ ކިތައް ކިތައް މަޢުޞުމު ދަރިން ދުނިމަތީގައި ތިބާގެ ސަބަބުން ބިކަ ވެފައި ވޭހެއްޔެވެ. ﷲގެ ޙަޟްރަތުގައި މިއަޅާ މިވަބާގެ ޝިކާރައަކަށް ހެދީ މިވެނި މީހެކޭ، ބުނެ ޝަކުވާ ދަންނަވާނެ ކިތައްކިތައް ޒުވާނުނގެ ޙަޔާތް ތިބާގެ އަތުން ބަރުބާދު ވެގެން ގޮސްފައިވޭ ހެއްޔެވެ.

މަސްތުވާ ތކެތީގެ ވިޔަފާރި ކުރާ މީހުންނަށްވެސް ފިލާވަޅެއް މިއަދުގެ ހުކުރު ޚުޠުބާގައި ވެއެވެ. އެއީ އެ ވިޔާރި އެއްގެ މައްޗަށް އެމީހުންގެ މުޅި ޙަޔާތް ބިނާކޮށް ހޯދާ ލާރި އަކީ ޙަރާމް އެއްޗެއްކަމާއި އެފަދަ ފަރާތްތަކުން އެމީހުންގެ އެންމެ ލޯބިވާ އަނބިދަރިންނަށް ކާން ދޭ އެއްޗަކީ ކަނޑައެޅިގެން އަލިފާން ކަމުގައި ހަނދާން ކޮށްދީފައިވެއެވެ.

ނިންމާލަމުން މި ރާއްޖޭގައިވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންނަށް މިހާރު އޮންނަ ޢުޤޫބާތަށްވުރެ ހަރުކަށި ޢުޤޫބާތެއް ކަނޑައަޅައި، ތަންފީޒު ކުރަމަކީ ކޮންމެހެން ބޭނުންކަމެއްކަން ވެސް ފާހަގަ ކުރެއްވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.