ޚަބަރު ފީތާ

ކުޅުދުއްފުށީ މަގު ހެދުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ

‏ 25 ފެބްރުއަރީ 2021 ގައި ސޮއި ކުރި ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 މަސައްކަތްތައް ފެށުމަށްޓަކާ މަސައްކަތަށް ބޭނުންވާ ސާމާނު ތައްޔާރު ކުރުމަށް ސައިޓްގެ މަސައްކަތުގެ %85 މިހާރު ވަނީ ނިމިފައިވާ ކަމަށް ރޯޑް ޑިވޮލެޕްމެނޓް ކޯޕަރޭޝަނުން ހާމަ ކޮށްފި އެވެ.

އެއް މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ  ސޮއިކުރާތާ 510 ދުވަސް ތެރޭގަ އެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 37633.90 މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ މަގުތަކުގައި ސައިޑްވޯކް ހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Like
Like Love Haha Wow Sad Angry