މިއަހަރު މިހާތަނަށް 50 ކިލޯ އާ ގާތްކުރާ އަދަދަކަށް މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

މިއަހަރުގެ މިހާތަނަށް 50 ކިލޯއާ ގާތްކުރާ ޢަދަދަކަށް މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފި ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިއީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި މިއަހަރުގެ ޖަނަވަރީ މަހުން އޮކްޓޯބަރމަހުގެ ނިޔަލަށް ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން އަތުލައިގަތް ތަކެތި ކަމަށެވެ.

އިޝްތިހާރު Below Header ad

drug-3-02-11-2016

މިގޮތުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 27 ފަހަރެއްގެމަތީން އަތުލައިގަން މަސްތުވާކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ އަށް އަރާނެކަމަށާއި މިއީ މިދިޔަ އަހަރު މިމުއްދަތުގައި އަތުލައިގަން މަސްތުވާތަކެއްޗާ (6.9 ކިލޯ) އަޅާބަލާއިރު ވަރަށްބޮޑުތަން އިތުރު ޢަދަދެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މިދިޔަ އަހަރު މިމުއްދަތުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 8 ފަހަރެއްގެ މަތީންވަނީ މަސްތުވާތަކެތި އަތުލައިގަންފައި ކަމަށްވެސް ބުންޏެވެ.

މަސްތުވާތަކެތި އަތުލައިގަތުމަށް ކަނޑާއި ވައިގެ ބަނދަރުތަކުގައި މިއަހަރު ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 22 މީހަކު ހައްޔާރުކޮށްފައިވާ އިރު، މިދިޔަ އަހަރު މިމުއްދަތުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. އަދި މިއަހަރު މިހާތަނަށް އަތުލައިގަން މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 8.1 ކިލޯގެ ހެރޮއިން، 7.5 ކިލޯގެ ކެނަބިސް، 5.1 ކިލޯގެ ކޮކެއިން، 28 ކިލޯގެ ހަޝިޝް އޮއިލް، އަދި 1 ކިލޯގެ މެތަންފެޓަމިން ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

drug-4-02-11-2016

މަސްތުވާތަކެތި އަތުލައިގަތުމުގެ ގިނަ ކޭސްތަކަކީ ބަނދަރުތަކުގައި މަސައްކަތްކުރާ ކަސްޓަމްސް މުވައްޒަފުންގެ ހުޝިޔާރުކަމާއި ޤާބިލްކަމުގެ ތެރެއިން ކާމިޔާބުކުރެވިފައިވާ ކޭސްތައް ކަމަށްވާއިރު، ބައެއް ފަހަރުތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޢާންމު ފަރާތްތަކުން ޙިއްޞާކުރާ އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށްވެސް ތަކެތި އަތުލާފައިވާ ކަމަށާއި ބައެއް އޮޕަރޭޝަންތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ހިންގޭ ޖޮއިންޓް އޮޕަރޭޝަންތައް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިގޮތުން ކަނޑާއިވައިގެ ބަނދަރުތަކާއި ރާއްޖެއަށް އަންނަ ބޯޓުފަހަރު ބަލައިފާސްކުރުމަށް ހިންގާ ރަމޭޖް އޮޕަރޭޝަންތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަން ކަސްޓަމްސް އަށް ލިބެމުންދާ ކަމަށާއި މިފަދަ ކާމިޔާބު ޖޮއިންޓް އޮޕަރޭޝަނެއް މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުވެސް ހިންގާފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

drug-2-02-11-2016

އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އައްޑޫސިޓީގެ ހިތަދޫ ސަރަހައްދީ ބަނދަރަށް ދަތުރުކުރަމުންދާ  ބޯޓެއްގައި މަސްތުވާކެތި ހުރިކަމަށް ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޙިއްޞާކުރެއްވި އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް އައްޑޫސިޓީގައި ތިއްބަވާ ފުލުހުންނާއެކު އުޅަނދަށް އަރައި އުޅަނދު ރަމޭޖްކުރުމާއި އުޅަނދުގެ ތަންތަން ބަލައިފާސްކުރުމާއި އަދި ޑްރަގްސް ރައްކާކޮށްފައިހުރި ތަނުން އެތަކެތި ހޯދައި، ތަކެތި ނަގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރުމުގައި އައްޑޫ ސިޓީގެ ކަސްޓަމްސް މުވައްޒަފުން އިސްދައުރެއް އަދާކޮށްފައިވާ އިރު، މި އޮޕަރޭޝަނުގައި 2.2 ކިލޯގްރާމުގެ މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޝައްކުކުރެވޭ ތަކެތިވަނީ ހޯދާ، މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޙަވާލުކޮށްފައި ކަމަށްވެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.