
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭރު ތޮއްޓައް ބޭނުންވާ ބޮޑު ހިލައިގެ 2 ވަނަ ޝިޕްމަންޓް ސައިޓައް ގެންގޮސްފި
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެ މަސައްކަތް ހިނގުމާ ޙަވާލުވެފައިވާ އެމް ޓީ ސީސީ އިން ހާމަކޮށްފި އެވެ.
އެ ކުންފުނިން ހާމަ ކުރިގޮތުގައި މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަ ފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫޢަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް ވެސް އެމް ޓީސީސީ ހާމަކުރެ އެވެ.