
ތުރުކީގެ އެންމެ ބޮޑުސިޓީގެ މޭޔަރ އާއި މާލެ ސިޓީގެ މޭޔަރ ބައްދަލް ކުރައްވައިފި
ތުރުކީގެ އެންމެ ބޮޑުސިޓީގެ މޭޔަރ އުގާރ އިބްރާހީމް އަލްތޭ އާއި މާލެ ސިޓީގެ މޭޔަރ ޑރ. މުޢިއްޒު
ބައްދަލް ކުރައްވައިފި އެވެ.
ސިޓީ ކައުންސިލުން ހާމަ ކުރާގޮތުގައި މިބައްދަލްކުރެއްވުމުގައި މުއައްޒަފުން ތަމްރީނުކުރުމުގެ ކަންތަކުގައި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން ސިސްޓަރ ސިޓީ ހެދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތުދެ އެވެ.