އުރީދޫ ދިވެހި ޕްރިމިއާލީގުގެ އެންމެ ގިނަލަނޑު ޖެހި ކުޅުންތެރިއަކަށް އަލީ ފާސިރު ހޮވިއްޖެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުލުންތެރިއަކަށް އަލީ ފާސިރު (ސެންޓޭ) ހޮވިއްޖެއެވެ.

ލަނޑު ލިސްޓުގެ އެންމެ ކުރި ސެންޓޭ އަށް ލިބުނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި އެންމެ ފަހުން ބީޖީ އަތުން ޓީސީ 4-0 ލަނޑުން މޮޅުވި މެޗުގައި އޭނާ ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު އެވެ.

އިޝްތިހާރު Below Header ad

އެހެން ކަމުން ސެންޓޭ ލަނޑު ލިސްޓުގެ އެއް ވަަނަ މަގާމުގައި އޮތީ 20 ލަނޑާއެކު އެވެ.

ސެންޓޭއާ ޖެހިގެން ލިސްޓުގެ ދެ ވަނަ މަގާމުގައި އޮތީ މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ. އޭނާއަށް އަދި ޖެހިފައި އޮތީ 18 ލަނޑެވެ.

މިސީޒަންގެ ލަނޑު ލިސްޓުގެ ތިން ވަނަ ލިބެނީ މާޒިޔާގެ ފޯވާޑް އަލީ އަޝްފާގް(ދަނގަޑޭ) އެވެ. އޭނާ މިސީޒަންގައި ޖަހާފައިވާ ލަނޑުގެ ޖުމްލަ އަދަދަކީ 8 ލަނޑެވެ.

އަދި ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ވިކްޓަރީއަށް ކުޅެމުން އަންނަ ބިދޭސީ ފޯވާޑް އޮމަދޫ އެވެ. އޭނާ ވަނީ މިސީޒަންގައި ޖުމްލަ ހަތް ލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.