މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

މީރާގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މިއީ، މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އިޝްތިހާރު Below Header ad

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:00 އިން މެންދުރު 2:30 އަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސްގަ އެވެ.

މި ޕްރޮގްރާމުގައި މީރާގެ ގިނަ މުވައްޒަފުން އަދި އާންމުންގެ ފަރާތްތަކުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މި ދިމާވެފައިވާ ހާލަތުގައި، މީރާއިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ރައްކާތެރި ފިޔަވަޅުތަކާއި އެކީގައި ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.