ނަޝީދުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ނާޒިން ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު ހަމަޖައްސައިފި އެވެ.

އެކަން ނަޝީދުގެ ފަރާތްޕުޅުން ވަނީ ޕީޖީ ހުސައިން ޝަމީމަށް ސިޓީއަކުން އަންގަވާފައި އެވެ. އެ ސިޓީގައި ވިދާޅުވީ ނަޝީދުގެ ބަޔާން ދިނުމާއި މެދު ގޮތެއް ނިންމާއި ބަޔާން ދޭންޖެހޭނަމަ ދިނުމުގެ ކަންކަން ނިންމާނީ ނާޒިމް ކަމަށެވެ.

އިޝްތިހާރު Navee1 jpg

ނާޒިމް މީޑިއާގައި ވިދާޅުވީ ނަޝީދުގެ ބަޔާނެއް ޕީޖީއަށް އަދި ފުލުހުންނަށް ވެސް ޚިއްސާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމާއި މެދު ގޮތެއް ނިންމާނީ ހަމަލާ ރޭވި ގޮތާއި، ފަންޑު ކުރި ގޮތާއި، މި ބާވަތުގެ، ތަހުގީގާ ގުޅުން ހުރި ލިޔެކިއުންތައް ނަޝީދަށް ލިބުމުން ކަމަށެވެ.

އިޝްތިހާރު

ނާޒިމް ވިދާޅުވީ މި ކަންކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ޕީޖީ ހުސައިން ޝަމީމާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގަ ނަޝީދުގެ ބަޔާނެއް ނަގަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައިގަ މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.