ސިނޮފާމް އާއި ސިނޮވެކް ވެކްސިން ޖަހާފައިވާ މީހުންނަށް ސައުދީއަށް އެތެރެވުމުގައި ވަކި ޝަރުތުތަކެއް ކަނޑައަޅައިފި

ކޯވިޑް-19 އިން ދިފާއުވުމަށް ޗައިނާގައި އުފައްދާފައިވާ ސިނޮފާމް އާއި ސޮނޮވެކް ވެކްސިން ޖަހާފައިވާ މީހުންނަށް ސައުދީ އަރަބިއްޔާއަށް އެތެރެވުމަށް ހުއްދަ ދިނުމަށް ޝަރުތުތަކެއް ކަނޑައަޅައިފި އެވެ.

އެގައުމަށް އެތެރެވުމަށް ވިސާ ދޫކުރާ އޮންލައިން ޕޯޓަލްގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އެ ދެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ސައުދީއަށް އެތެރެވެވޭނީ ސައުދީން ހުއްދަދޭ ހަތަރު ވެކްސިނަކުް ބޫސްޓާ ޝޮޓެއް ޖެހުމުން ކަމަށެވެ. ސައުދީން ހުއްދަ ކުރާ ވެކްސިން ތަކަކީ ފައިޒާ، މެޑޯނާ، އެސްޓްރަޒެނިކާ އަދި ޖޯންސަން އެންޑް ޖޯންސަން ވެކްސިނެވެ.

އިޝްތިހާރު Navee1 jpg

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސައުދީން ވަނީ ޓޫރިސްޓު ވިސާ ދޫކުރަން ފަށާފައި އެވެ. އަދި މިއަމހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ އުމްރާވެރިންނަށްވެސް ފުރުސަތު ސައުދީ ހުޅުވާލުމަށް ނިންމާފައިވެ އެވެ.

އިޝްތިހާރު

ސައުދީން ބުނީ ސައުދީން ހުއްދަ ކުރާ ވެކްސިންތައް ޖަހާފައިވާ މީހުންނަށް އެ ގައުމަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ އޮތް ނަމަ އެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ ސައުދީއަށް އެތެރެވުމަށް ފަހު ކަރަންޓީން ވާކަށް ނުޖެހެ އެވެ.

އެގައުމަށް އެތެރެވާ އެހެން ގައުމުތަކުގެ މީހުންގެ އަތުން މިހާރު10 ޑޮލަރުގެ ފީއެއް ނަގާނެ އެވެ. އެއީ ކޮވިޑް ޖެހިއްޖެ ނަމަ ހިލޭ ފަރުވާ ދިނުމަށް އިންޝުއަރެންސް ފީގެ ގޮތުގައި ނަގާ އެއްޗެކެވެ.

ސައުދީގައި މިހާތަނަށް28 މިލިއަން ކޮވިޑް ވެކްސިން ޑޯޒު ޖަހާފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.