އިނގިރޭސިވިލާތުގެ ޓްރެވަލް ރެޑް ލިސްޓުން ރާއްޖެ އުނިކޮށްދިނުމަށް ކާނަލް ނާޒިމް ގޮވާލައްވައިފި

އިނގިރޭސިވިލާތުގެ ޓްރެވަލް ރެޑް ލިސްޓުން ރާއްޖެ އުނިކޮށްދިނުމަށް ކާނަލް ރިޓއަރޑް މުހައްމަދުު ނާޒިމް ގޮވާލައްވައިފި އެވެ.

އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އިޝްތިހާރު Below Header ad

ރާއްޖެއިން ކޮވިޑް ކޭސްތައް ފެންނަ ނިސްބަތް މަދުވެފައިވާތީ އިނގިރޭސި ސަރުކާރުން އެކުލަވާލާފައިވާ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތައް ރިވިއުކޮށް އެ ލިސްޓުން ރާއްޖެ އުނިކޮށްދިނުމަށް އެ ޓްވީޓުގައި ނާޒިމް ވަނީ ގޮވާލައްވާފަ އެވެ.

އިނގިރޭސިވިލާތުން ވަނީ އެގައުމުގެ ރެޑް ލިސްޓަށް ރާއްޖެ އެރުވީ މިދިޔަ މޭ މަހު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ނެވެ.

އެ ލިސްޓަށް އަރުވާފައިވާ ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެން ވެސް 10 ދުވަހަށް ކަރަންޓީނު ފުރިހަމަ ކުރަން ޖެހެ އެވެ.

އިނގިރޭސި މީޑިއާ އިން ރިޕޯޓުކުރާ ގޮތުގައި މި ލިސްޓު މި ހަފްތާތެރޭގައި ރިވިއު ކުރާއިރު، އެ ލިސްޓުން ރާއްޖެ އުނިކުރުމަކީ ވަރަށް ގާތް ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.