އެމެރިކާގެ ނިއުޔޯކްގައި އާންމު ތަންތަނަށް ވަނުމަށް ކޯވިޑް ވެކްސިން ކާޑު ބޭނުން ކުރަން ފަށަނީ

އެމެރިކާގެ ވެރިރަށް ނިއުޔޯކްގައި އާންމު ތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުން ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރުން މަޖުބޫރު ކޮށްފި އެވެ.

އެ ސިޓީގެ މޭޔަރު ބިލް ޑޭ ބަލާސިއޯ މިއަދު ވިދާޅުވީ އާންމު ހިދުމަތްދޭ ތަންތަނަށް ވަންނަން ވެކްސިން ކާޑު ބޭނުން ކުރަންޖެހޭ އެމެރިކާގެ ފުރަތަމަ ސިޓީއަށް އެ ތަން ވާނެ ކަމަށެވެ. އެތަންތަނުން ހިދުމަތް ހޯދާ މީހުންގެ އަތުގައި ވެކްސިން ކާޑު ނުވަތަ ސްޓޭޓް ނުވަތަ ސިޓީ ވެކްސިނޭޝަން ކާޑު އޮންނަން ވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އާންމު ތަންތަނުގެ ގޮތުގައި ބަލަނީ ޖިމްތަކާއި، ރެސްޓޯރެންޓު/ ކެފޭ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ތަންތަނާއި ފެއާ ފަދަ ކަންކަން ކުރިޔަށް ގެންދާ ތަންތަނުގައި އެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

ބަލާސިއޯ ވިދާޅުވީ މި ނިންމުމާއި އެކު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކެއް އަންނާނެ ކަން އެނގޭ ކަމަށެވެ. އެކަމަކު މި ނިންމުމަކީ ގިނަ ބަޔަކު ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

އެ ސިޓީގައި އަންނަ މަހުގެ13 ގެ ކުރިން ޓީޗަރުންނާއި ފުލުހުންނާއި ސަރުކާޜު ހުރިހާ މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަ ކުރަން ޖެހެ އެވެ. އެހެން ނޫންނަމަ އޭގެ ފަހުން ވެކްސިން ފުރިހަމަ ނުކުރާ މީހުން ކޮންމެ ހަފްތާއަކު ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ޕިސީއާރު ޓެސްޓު އޮފީހަށް ހުށަހަޅަން ޖެހެ އެވެ.

މިފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ އެމެރިކާގައި ކޮވިޑް ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއި އެކު ފެތުރެން ފަށާފައި ވަނިކޮށެވެ. އެކަމަކު އެމެރިކާ ސަރުކާރުން ނިންމާފައިވަނީ ވެކްސިން މަޖުބޫރުކޮށް އިތުރު ލޮކްޑައުނަކަށް ނުދާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.