ޚަބަރު ފީތާ

ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ފާތިހުގެ މައްޗަށް ދައުވާ ކުރެވޭކަށް ނެތް: ޕީޖީ ޝަމީމް

މޭ 6 ގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ފާތިހްގެ މައްޗަށް މިވަގުތު ދައުވާއެއް ކުރެވެން ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހާރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގަިއ ވިދާޅުވީ، ފާތިހުގެ މައްޗަށް މިވަގުތަށް ދައުވާއެއް ކުރެވެން ނެތްކަމަށެވެ.

ސަބަބަކީ މިހާތަނަށް ލިބިފަ ހުރި ހެކިތަކާ މައުލޫމާތަށް ބަލާއިރު މިވަގުތު ދައުވާއެއް ނުކުރަން ނިންމެވީ ކަމަށެވެ.

އެހެންނަމަވެސް އެކަމުގެ ތަފްސީލަށް އަދި ނުދާނެކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާވަރަކުން އިތުރުކަމެއް ފާހަގަވެއްޖެނަމަ އެކަންކަމާމެދު ގޮތް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ބޮން ގޮއްވުމުގެ މައްސަލައިގައި ފަސް މީހަކަށް ދައުވާ ކޮަށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައި ވެއެވެ.

އެއީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

Like
Like Love Haha Wow Sad Angry