ޚަބަރު ފީތާ

އިތުރު 86 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 86 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 31 މީހުންނާއި އަތޮޅުތަކުން 37 މީހުން ނެވެ. އަދި ރިސޯޓުތަކުން 18 މީހުން ނެވެ.

މިއީ ފާއިތުވެ ދިޔަ ދެތިން ދުވަހެއްގައި ޕޮޒިޓިވް ކޭސްތައް ސަތޭކައިން މަތީގައި ހުރުމަށް ފަހު، އެ ޢަދަދު ސަތޭކައިން ދަށަށް ދިޔަ ދުވަހެކެވެ.

މިއާއެކު ރާއްޖެއިން 77،633 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 74،928 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ނަގާފައިވަނީ 5،653 ސާމްޕަލެވެ.

ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 19 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 2،472 އެވެ.

ލޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވީ 221 މީހުން ނެވެ.

Like
Like Love Haha Wow Sad Angry