އަނގޮޅިތީމު ބަނދަރު މަޝްރޫއުގެ 50 ޕަސެންޓު މަސައްކަތް ނިންމައިފި

ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ50 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ މިހާރު ކުރިޔަށް ދަނީ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ55 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށް ބުނެ އެވެ.

އެމްޓީސީސީން މައުލޫމާތުދޭގޮތުގައި މި މަޝްރޫޢު އެއްކޮށް ނިމޭއިރު 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާ ނިންމާނެ އެވެ. އަދި 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.

އަދި 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށާއި މަޝްރޫއު އެއްކޮށް ނިމޭއިރު 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 40.7 މިލިއަން ރުފިޔާއަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.