ޚަބަރު ފީތާ

މުޝީ ބްރޭންޑުގެ ބައެއް ތަކެތި ވިއްކުމާއި ބޭނުންކުރުން މަނާ ކޮށްފި

މުޝީ ބްރޭންޑުގެ ބައެއް ތަކެތި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފި އެވެ.

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވެދާނެކަމަށް ބެލެވޭ ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މުޝީ ބްރޭންޑުގެ “ސިލިކޯން ސަކްޝަން ޕްލޭޓް” އަދި “ސިލިކޯން ސްނެކް ކަޕް” ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ އެލަރޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މި އެލަރޓާއިގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ވެސް އެ އޮތޯރިޓީން ބުނެ އެވެ. އަދި އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން މުޝީ ބްރޭންޑުގެ “ސިލިކޯން ސަކްޝަން ޕްލޭޓް” އަދި “ސިލިކޯން ސްނެކް ކަޕް” ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

Like
Like Love Haha Wow Sad Angry