ޚަބަރު ފީތާ

ރިސޯޓެއްގެ ވޯޓަރ ވިލާ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރިސޯޓެއްގެ ވޯޓަރ ވިލާ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ދަ ރިޓްޒް ކާލްޓަން ސްޕާ ރިސޯޓުގެ ވޯޓާ ވިލާއެއްގައި ކަމަށެވެ. އަދި މިއީ ކ. ގަމަރުގިރި ކައިރީގައި އޮންނަ ރިސޯޓެއް ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:29 ގައި ކަމަށާއި އަލިފާން ރޯވީ އެތަނުގެ ވޯޓަރ ވިލާއެއްގެ ފަންގިފިލާއަކާއި ފާޚާނާގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ރޯވި އަލިފާން ނިއްވާލާފައިވަނީ ރިސޯޓުގެ މަސައްކަތް ކުރާ މުވައްޒަފުންނާއި އަލިފާން ނިއްވާ މީހުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު މިހާތަނަށް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: