
ދުނިޔޭގެ އެންމެ ރީތި އިރުއޮއްސޭ މަންޒަރު ފެންނަ ގައުމުތަކުގެ ގަދަ 10 އެއްގައި ރާއްޖެ
ދުނިޔޭގެ އެންމެ ރީތި އިރުއޮއްސޭ މަންޒަރު ފެންނަ ގައުމުތަކުގެ ގަދަ 10 އެއްގައި ރާއްޖެ ހިމެނިއްޖެ އެވެ.
މިއީ އޮންލައިން ޓްރެވަލް އޭޖެންޓް، ބައުންސް އިން ހެދި ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ.
މި ދިރާސާ ކުރީ އެކި މަންޒިލްތަކާ ގުޅޭ ގޮތުން ލިޔެފައިވާ އާޓިކަލްތަކުގައި ހިމެނޭ މައުލޫމާތުތަކަށް ބަލައިގެންނެވެ.
އަދި ބައުންސްގެ ޓްރެވަލް އެކްސްޕާޓުންގެ ވޯޓާއި އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައިވާ ފޮޓޯތަކަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް މި ލިސްޓު އެކުލަވާލުމުގައި ބަލާފައިވެ އެވެ.
މި ލިސްޓުން ރާއްޖެއަށް ލިބުނީ އަށް ވަނަ އެވެ. އެއީ 5.27 ޕޮއިންޓު ލިބިގެންނެވެ.
ދއެންމެ ރީތި އިރު އޮއްސޭ މަންޒަރު ފެންނަ ގައުމުގެ ގޮތުގައި ހޮވިފައިވަނީ ގްރީސްގެ ސެންޓޮރީނީ އެވެ. ދެވަނައިގައި އިންޑޮނޭޝިއާގެ ބާލީއަށް ލިބުނު އިރު ތިން ވަނަ ލިބުނީ އެމެރިކާގެ ހަވާއީ އަށެވެ.