އއ އަތޮޅުގެ ދެ ރަށެއް މޮނިޓަރިންގ އިން ނަގައިފި

އއ އަތޮޅުގެ ދެ ރަށެއް މޮނިޓަރިންގ އިން ނަގައިފި އެވެ.

އެގޮތުން މޮނިޓަރިންގ ހާލަތުން ނަގައި، ޢާންމު ހާލަތަށް ގެނެސްފައިވަނީ އއ. ތޮއްޑޫ އާއި އެ އަތޮޅު ރަސްދޫ އެވެ.

އިޝްތިހާރު Below Header ad

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ދެ ރަށުގެ މޮނިޓަރިންގ އުވާލީ އެ ރަށްރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމުން ކަމަށެވެ.

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ތޮއްޑޫ މޮނިޓަރިންގ އަށް ލާފައިވާ އިރު، ރަސްދޫ މޮނިޓަރިންގ އަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މިވަގުތު މޮނިޓަރިންގ ގައި އޮތީ ހއ ތަކަންދޫ، ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ފީވައް، މ. ކޮޅުފުށި، ރ. ދުވާފަރު، ކ ކާށިދޫ، ގއ. ކޫއްޑޫ އަދި ގދ. ނަޑެއްލާ އާއި ފުވައްމުލައް ސިޓީި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.