ރައީސް ޔާމީންގެ ދައުރުގައި ޒުވާނުންނަށް އުންމީދު ގެނެސްދީ، ޖީބުތައް ތިޔާގިވެ ދިޔަ: ސައީދު

ރައީސް ޔާމީންގެ ދައުރުގައި ޒުވާނުންނަށް އުންމީދު ގެނެސްދީ، ޖީބުތައް ތިޔާގިވެ ދިޔަ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޕީޕީއެމް އުފެދުނީއްސުރެ މިއަދާ ހަމައަށް ގެނެސްދިން ފަލްސަފާއަކީ ގައުމު ކަމަށާއި ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިން ނުވެ ދުވަހަކުވެސް ދެން މި ގައުމަށް ދެން ވެދާނޭކަމަށް ގަބޫލްނުކުރެވޭ ތަރައްގީގެ އެތައް މަސައްކަތެއް ކުރެއްވި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ ބްރިޖުތައް އެޅި. ޒުވާނުންނަށް އުންމީދު ގެނެސްދިން. ޖީބުތައް ތިޔާގިވެ ދިޔަ. ރާއްޖޭ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ހަމައެކަނި ލީޑަރު މިއަދު ހުރީ އިދިކޮޅު ޕީޕީއެމް ގަ.“ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންދާނީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ކަމަށެވެ.

”2023 ގައި ރައީސް ޔާމީން މި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ އިރާދަކުރެއްވިއްޔާ. ޔަގީން ކުރައްވާ، ޝައްކު ނުކުރައްވާ އެކަމަށް,“ ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު އެއް އަހަރު ދުވަސް ތެރޭ މި ސަރުކާރުން އުފެއްދި ދަރަނި މެނޭޖުކުރާނެ ޕްލޭނެއް ވެސް ރައީސް ޔާމީން އެކުލަވާލައްވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

”މަވެސް ޕީޕީއެމް“ ޝިޢާރުގެ ދަށުން ރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މާލޭ ސިޓީ ކައުންސިލުގެ ހެންވޭރު އުތުރު ކުރީގެ މެމްބަރު މުހައްމަދު ފިޝާވިން އަދި އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާގެ މަގާމުގައި ހުންނެވި ނަޒީރާ ވަނީ ޕީޕީއެމް އާ ގުޅިވަޑައިގެންފަ އެވެ.

މީގެ އިތުރުން ވެސް އެހެން ބައެއް ފަރާތްތައް ވެސް ރޭގެ ޖަލްސާގައި ވަނީ އެ ޕާޓީ އާ ގުޅިފަ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ވަރަށް ޚާއްޞަ ކެމްޕެއިނެއް އިފްތިތާޙް ކުރުމަށް ބާއްވާ އިވެންޓެއް މިރޭ 9 ޖަހާ އިރު ޕީޕީއެމް އޮފީހުގައި އޮންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.