ޚަބަރު ފީތާ

ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު އުފުލޭނީ ޒިންމާދާރު، ސާލިހު ދެމަފިރިންނަށް: ޚުތުބާ

ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދަރުރަކީ ވަރަށް ނާޒުކު، އެހާމެ ނުރައްކާތެރި ދައުރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

“ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ދަރިން ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ ޒިންމާދާރު، ސާލިހު ދެމަފިރިންނަށް މެނުވީ ނުއުފުލޭ ވަރުގެ މަސްއޫލިއްޔަތެއްކަމަށް ވެސް ވަނީ ޚުތުބާގައި ބުނެފަ އެވެ. އަދި ތަރުބިއްޔަތު ފެށޭ ދަރުސްގާހަކީ މައިންބަފައިންގެ އުނގު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

“ދަރީންގެ ޢުމުރުގެ ކުރީކޮޅު މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ބޭނުންވާނެ. އަދި އެދަރީންނަށް އަމާޒުވެގެންއަންނަ ޝައިޠާނީ ވަސްވާހާއި އެސްފިންނާފަދަ ކަންތައްތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި ކެނޑިނޭޅި، ﷲއަށް ދުޢާ ދެންނެވުމަކީ ވަރަށް މުހުންމު ކަމެއް.” ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދަރީންނަށްޓަކައި މައިންބަފައިން ކުރާ ދުޢާއަކީ އެކުދިންގެ އިސްލާހުގެ ތަޅުދަނޑި ކަމަށެވެ. އަދި މައިންބަފައިބްގެ ހެޔޮ ދުޢާތަކުގެ ނަތީޖާއަކަށް ވަނީ، ﷲ ތަޢާލާގެ ހަޟުރަތުން ދަރީންނަށް ރައްކާތެރިކަމާއި ތެދުމަގު ލިބުމަށް މަގުފަހިވެގެންދިއުން ކަމަށް ވެސް ބުނެފައިވެއެވެ.

އެކުދީންނަށް އަމާންކަމާއި ބާއްޖަވެރިކަމުގެ އިހުސާސް ކުރެވި، އަމިއްލަ ނަފުސާ މެދު އޮންނަ އިޔުބާރު ބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަންމަތީގައި ބޮޑުވުމަށް މަގުފަހިވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެެވެ.

Like
Like Love Haha Wow Sad Angry