ޚަބަރު ފީތާ

އިސްރާއީލް ސިފައިން ޝަހީދު ކޮށްލި ކުއްޖާގެ ޖަނާޒާއަށް ކަރުނަ ގޭސް ޖަހައި އިތުރު ހަމަނުޖެހުން ހިންގައިފި

ފަލަސްތީނުގެ ގާޒާގައި އިސްރާއީލު ސިފައިން ބަޑި ޖަހައި މަރާލި ކުޑަކުއްޖެއްގެ ޖަނާޒާގައި އެމީހުން އިތުރު ހަމަނުޖެހުން ހިންގައިފި އެވެ.

އިސްރާއީލް ސިފައިން ބަޑިޖަހައި އުމުރުން 12 އަހަރުގެ މުހައްމަދު އަލް އާލަމީ މަރާލީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކުއްޖާގެ ޖަނާޒާގެ ތެރެއަށް މިއަދު އިސްރާއީލް ސިފައިން ވަނީ ކަރުނަ ގޭސް ޖަހާފައި އެވެ.

އެ ހަމަނުޖެހުން ހިނގީ ޖަނާޒާގައި ބައިވެރިވި މީހުން ރުޅިވެރިކަން ހާމަ ކުރުމުގެ ގޮތުން އިސްރާއީލް ސިފައިންނާއި ދިމާއަށް ގާ އުކުމުން ކަމަށްވެ އެވެ. އޭގެ ބަދަލުގައި އިސްރާއީލް ސިފައިން ކަރުނަ ގޭސް ޖެހީ ޖަނާޒާއަށް އެއްވައި ތިބި އެތައް ސަތޭކަ ބައެއްގެ ތެރެއަށް ކަމަށް ވެ އެވެ.

އެ ކުއްޖާ ޝަހީދުކޮށްލަން ހަމަލާ ދިނީ ބައްޕަ އާއި އަންހެން ކޮއްކޮ އާއި އެކު ކާރުގައި ދަނިކޮށެވެ. މުހައްމަދުގެ ބައްޕަ ބުނީ ކާރުގައި ދެ ކުދިން ގޮވައިގެން ދަނިކޮށް އިސްރާއީލް ސިފައިން ބަޑި ޖެހީ މުހައްމަދުގެ އެދުމަށް ފިހާރައަކަށް މަޑު ކުރަން ޔޫ ޓާން ނެގުމުން ހަޅޭއް ލަވަން ފެށުމަށް ފަހު ކަމަށެވެ.

އިސްރާއީލްގެ ބަޑީގެ ހަމަލާ އަމާޒުވީ މުހައްމަދުގެ މެއަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Like
Like Love Haha Wow Sad Angry