ކޮވިޑްގެ އިތުރު ރާޅެއް އަޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން: ޑރ. ނަޒްލާ ރަފީގު

ކޮވިޑްގެ އިތުރު ރާޅެއް އަޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ބަލި ކޮންމެވެސް ވަރަކަށް ފެތުރުނު ކަމުގައި ވިޔަސް ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށާއި ކޮވިޑްގެ އިތުރު ރާޅެއް އަޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ވެކްސިން ޖެހުން ކަމަށެވެ.

އިޝްތިހާރު Below Header ad

“އެކި ސަބަބުތަކާ ހެދި ދުނިޔޭގެ ވެކްސިން ސަޕްލައިތައް މިވަނީ ތާށިވެފަ. ހުރިހާ ގައުމަކަށް ވެސް ވެކްސިން ބޭނުން ވެފައިވާ އިރު ވެކްސިން ބޭނުންވާ ވަރަށް ނުލިބިފައި މިތިބީ.” ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ. އަދި ފާއިތުވީ ދުވަސް ތަކުގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަރަށް ދަށަށް ދިޔަ ކަމަށެވެ.

އެގޮތުން 1000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ކަމަށެވެ.

މިހާތަނަށް ރާއްޖެއި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 220 އަށް އަރާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.