އޮސްޓްރޭލިއާ އިން ރާއްޖެއަށް ޕީޕީއީ ސާމާނު ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފި އެވެ.

3.5 ޓަނުގެ މިތަކެތި ދިވެހި ސަރުކާރާއި ޙަވާލުކޮށްފައިވަނީ ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިޝްތިހާރު Below Header ad

މިއީ ކޮވިޑް-19 އާއި ދެކޮޅަށް ކުރީސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އޮސްޓްރެލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ސާމާނުތަކެކެވެ.

ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ޤައުމުން ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.

އޭގެތެރޭގައި ޕީ.ޕީ.އީ ސާމާނު ހަދިޔާކުރުމާއި، ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކެޕޭސިޓީގެ އިތުރުކުރުމާއި، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފައިވާތީ، ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފަ އެވެ. އަދި މިއީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ހިތްވަރަކާއި ބާރެއްގެގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.