އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންގތައް އަލުން ފަށައިފި

އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންގތައް އަލުން ފަށައިފި އެވެ.

އެވިޑު ކޮލެޖުން ބުނީ ޓްރިޕަލް އޭ އާއި ދެމެދު ސޭލްސް ޕަރޗޭސް އެގްރިމެންޓްގައި ސޮއިކުރިފަހުން މިވޭތުވެދިޔަ ކުޑަދުވަސްކޮޅުގެތެރޭގައި އައްޑޫގައި ހިންގަމުންގެންދާ ފްލައިން ސްކޫލްގެ ހަރަކާތްތައް އަލުން ފެށިގެން ވަރަށް ހަލުއި ސްޕީޑެެއްގައި ކުރިއަށްދާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ފްލައިންގ ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަރ ޓްރެއިނިންގތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިއަދު އަލުން ފަށާފައިވާ ކަމަށް އެ ކޮލެޖުން ވަނީ ބުނެފަ އެވެ. އަދި ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަކުރަންޖެހިފައިވާ ދަރިވަރުންނަށް ބޭނުންވާ ތިއަރީ ކްލާސްތައް ވެސް މީގެ ހަފްތާއެއްކުރިން ފެށިގެން ކުރިއަށްދާ ކަމަށް ބުނެފައި ވެއެވެ.

މިއާއެކު ދަރިވަރުންގެ ތެރެއިން އެގްޒަރމްތައް ހަދަންޖެހޭ ކުދިންއެކަމަށް ތައްޔާރުކުރުވުމަށްޓަކައި ރިފްރެޝް ކުރުމަށް ރިފްރެޝިންގ ކްލާސްތައްވެސް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އެވިޑު ކޮލެޖުން ބުނެއެވެ. މިއީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއްނެތި ހިންގަމުންގެންދާ ކްލާސްތަކެކެވެ.

މިކްލާސްތައް ނިމުމުން އެގްޒާރމްތަކުގެ ޝެޑިއުލްތައްޔާރުކުރުމަށްފަހު ސިވިލް އޭވިއޭޝަނާއި ހިއްސާކޮށް އެބޭފުޅުންގެ އިރުޝާދާއެކު ވީ އެންމެ އަވަހަކަށް އެގްޒާރމްގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި އެވެ.

އެވިޑް ސްކޫލް އޮފް އޭވިއޭޝަނުން އަލަށް ގެނައުމަށް ހަޖެހިފައިވާ ފްލައިޓްގެ ޕޭމެންޓްގެ ކަންތައް މިހާރުވަނީ މުޅިން ހަމަޖެހިފައިވާ ކަމަށާއި އެހެންކަންކަންވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގޮސް އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކުގެ ބޮޑުބައި މިހާރުނިމިފައިވާ ކަމަށް އެވިޑު ކޮލެޖުން ބުނެއެވެ.

އެހެންކަމުން މިފެށޭ މަހުގެ ކުރީކޮޅުގައި ފްލައިްޓްގެ ބައިތައް ޑިސްމެންޓްލްކޮށް ވަކި ވަކިން ކޮންޓެއިނަރއަށް ލޯޑްކުރުމަށްފަހު 45 ވަރަކަށްދުވަހުގެތެރޭގައި މާލެގެނެވޭވަރުވާނެ އެވެ.

އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ކަންކަން ހިނގާގޮތް ބައްލަވާލެއްވުމަށްޓަކައި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވަނީ އައްޑުގައި ހުންނަ ފްލައިން ސްކޫލަށް ޒިޔާރަތްކުރުމަށްޓަކައި އިއްޔެ އައްޑޫ ސިޓީއަށް ފުރާވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.