ފޮރިން މިނިސްޓަރ ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގެންފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިނިސްޓަރު ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އިޝްތިހާރު Below Header ad

މި ދަތުރުފުޅުގައި ބަލްގޭރިއާގެ ފޮރިން މިނިސްޓަރު ސްވެޓްލާން ސްޓޯވް އާއި ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެެވެ. އަދި ދެ ގައުމު އެކުގައި އިތުރަށްކުރިޔަށްދެވޭނެ ގޮތްތަކާއިމެދު ވެސް މަޝްވަރާކުރައްވާނެކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ވެސް މިނިސްޓަރު ޝާހިދު އިސްކަންދެއްވާ ކަންކަމާމެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގެބންފައި މިވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވިތާ ދެ ދުވަސް ތެރޭގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.