މިނިވަންކަން ހިމާތްކުރެވޭނީ ގައުމިއްޔަތުގެ އަސާސްތައް ހިމާތްކުރެވިގެން: ހޯމް މިނިސްޓަރ

މިނިވަންކަން ހިމާތްކުރެވޭނީ ގައުމިއްޔަތުގެ އަސާސްތައް ހިމާތްކުރެވިގެން ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ 56 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތުގަ އެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރ ޢިމްރާން ވިދާޅުވީ މި ސަރުކާރު ދެމި އޮންނާނީ އެ އަސާސްތައް ހިމާތްކުރުމުގައި ކަމަށެވެ. އަދި މިނިވަންކަމަކީ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށްޓަކައި ކާބަފައިން ގެނެސްދީފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ދެމި އޮތްހާ ހިނދަކު މާތްﷲގެ ރަހްމަތާއެކުގައި މިއިން އެއްވެސް ކަމަކަށް ބުރޫއަރާކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި ބޭރުގެ ފަރާތަކުންވިއަސް އަދި އެތެރޭގެ ބާރުތަކުންވިއަސް މިކަމަށް ބުރޫއަރާ ގޮތަށް ކުރެވޭ ކޮންމެ ކަމެއް ﷲ އިރާދަކުރެއްވިއްޔާ ހުއްޓުވާނެ ކަމަށް ވެސް މިިނިސްޓަރ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.