ރާއްޖެއިން މިއަދު ޕޮޒިޓިވް ވި ޢަދަދު 100 އިން މައްޗަށް އަރައިފި
ރާއްޖެއިން މިއަދު ޕޮޒިޓިވް ވި ޢަދަދު 100 އިން މައްޗަށް އަރައިފި އެވެ.
އެގޮތުން މިއަދު ޕޮޒިޓިވް ވެފައިވަނީ 123 މީހުން ނެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވް ވި 29 މީހުންނާއި އަތޮޅުތަކުން 45 މީހުންނާއި ލައިވް ބޯޑުތަކުން 4 މީހުން ނެވެ. އަދި ތަރައްގީވަމުން އަންނަރަށްތަކުން 2 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން 27 މީހުން ނެވެ.
މިއަދު ނަގާފައިވަނީ 6،733 ސާމްޕަލެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 13 މީހުންނަށް ފަރުވާދެމުން އަންނަ އިރު، ނިޔާވެފައިވަނީ 219 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/LCFyZxczke
— Health Protection Agency (@HPA_MV) July 25, 2021