ދައުލަތުގެ ދެ ބާރުގެ ވެރިން ދިރިއުޅުއްވުމަށް ސަރުކާރުން ގެކޮޅު ހަމަޖައްސަވައިފި

ދައުލަތުގެ ދެ ބާރުގެ ވެރިން ދިރިއުޅުއްވުމަށް ސަރުކާރުން ގެކޮޅު ހަމަޖައްސަވައި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވަނީ މ. މުރައިދޫގެ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވަނީ ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެކެވެ.

އިޝްތިހާރު Below Header ad

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެބޭފުޅުން ބަދަލުވުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް މިހާރުއަންނަނީ ކުރަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގެކޮޅުގަ އެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެން ނެވެ.

އެ ދެ ބޭފުޅުންނާއެކު ރަސްމީ ގެކޮޅުގައި ދިރިއުޅުއްވޭނެ އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ވެސް ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ގެކޮޅުތަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި މީގެ އިތުރުން އުއްތަމަފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅަކީ އެތަނުގައި ދައުލަތުގެ ފަރާތުން ހަމަޖައްސަންޖެހޭ ސަލާމަތީ ކަންކަން ހަމަޖެއްސޭ މިންވަރުގެ ގެކޮޅަކަށްވާން ޖެހޭނެ ކަމަށް ވެސް އެނިންމާފައި ވެއެވެ.

މިހާރު އިސްލާހަށް މަޖިލީހުން ގެނައި ބަދަލުތަކާއެކު އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ރަސްމީ މުވައްޒަފުން ސުޕްރީމް ކޯޓުން ހަމަޖައްސާ ގޮތަށް އަދި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ރަސްމީ މުވައްޒަފުން މަޖިލީހުން ހަމަޖައްސާ ގޮތަށްވަނީ ބަދަލުކޮށްފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުންދާ ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ސާބަހޭ.. ރައްޔިތުން ދަރާާާާާާާާާާާާވިއްކާގެން ނުވިތާކަށް ޖޫރިމަނާ ގިނަގިނައިން ކޮށްގެންވިޔަސް, ތިޔަ މުސާރައިން ދެކޮޅުނުޖެހޭ ފަކީރު ވެރިންނަށް, ރައްޔިތުންގެ ފައިސާފޮތިން ގަނޑުވަރުތަށް ހަމަޖައްސަދީ.

  2. ތަފާތުކުރުން.
    ވެރިންގެ ޙައްޤުތަކާއި ރައްޔިތުންގެ ޙައްޤުތަށް ހަމަހަމަވާނެބާ!
    ވެރިންނަށް ޚިދުމަތް 1000 ގުނަ ރަނގަޅު ނިކަމެތި ހާޖަތުބޮޑު ރައްޔިތުންނަށްތުރެ.
    ރައްޔިތުންގެ ވެރިކަން…

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.