ޚަބަރު ފީތާ

ޖާނުން ފިދާވެގެން ނަޝީދު އަވަހާރަކޮށްލަން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވޭ: ޕޮލިސް

ޖާނުން ފިދާވެގެން ހަމަލާދީގެން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މީގެ ކުރިން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޔާގޫތުގޭ ކައިރީ ބޮން ގޮއްވައިގެން ޖާނުން ފިދާވާން ވެސް މަސައްކަތް ކުރިކަމަށެވެ.

ރައީސް ނަޝީދު ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާ ގަޑީގައި ވެސް ބޮމެއް ގޮއްވާލަން މަސައްކަތްކުރި ކަމަށެވެ. އެގޮތުން މޭރީ ބްރައުން ސަރަހައްދުގައިވެސް ބޮމެއް ގޮށްވާލަން މަސައްކަތް ކުރިކަމަށް ބުނެފައި ވެއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ހަރުކަށި މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށެވެ. އަދި ޔާގޫތުގޭ ކައިރީ ބޮން ގޮއްވައިގެން ޖާނުން ފިދާވެގެން ހަމަލާދީގެން ނަޝީދު އަވަހާރަކޮށްލަން މީގެ ކުރިން މަސައްކަތްކޮށްފައިވާ ކަމަށެވެ.

މގެ އިތުރުން ރައީސް ނަޝީދަށް ޙަމަލާދީފައިވަނީ އައިއެސްގެ ފިކުރަށް ތާއީދުކުރާ މީހުން ކަމަށާއި އައިއެސްގެ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ ބައެއްކަމަށެވެ.

މި ނޫސްވެރިންގެ ބައެްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުން ހަދަން ހަމަލާގައި ބައިވެރިވި ބައެއް މީހުން އެދެމުންދާކަމަށެވެ. އަދި މިހާރު ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތަކުގައި އޮގަސްޓް ހަތަރެއްގެ ކުރިން ލިޔުންތައް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މިމީހުންގެ މައްސަލަތުގައި 30 ދުވަހުގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ފަށަން ޖެހޭ ކަމަށާއި ތިން މަސް ތެރޭ ޝަރީއަތް ނިމި ކޮޅެއްގައި ޖެހޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައިގެ މައްސަލައިގައި ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: