އިންޑިޔާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ

އިންޑިޔާގެ މަހަރަޝްތުރަ ސްޓޭޓްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެންގޮސް އަދި އިމާރާތް ވެއްޓުމުގެ ސަބަބުން ގެއްލުނު މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

މަހަރަޝްތުރަ ސްޓޭޓް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތު ދުވަހުން ފެށިގެން މޫސުން ބަދަލުވުމުގެ ސަބަބުން ބޯކޮށް ވާރޭވެހި، ދިމާވި ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 76 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރާ ކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ސްޓޭޓް ސަރުކާރުގެ ބަޔާނުގައި ބުނެފައި ވަނީ، “މަހަރަޝްތުރަ ސްޓޭޓްގެ އެކި ހިސާބުތަކުގައި މޫސުން ގޯސްވެ، ވާރޭ ވެހުމުގެ ސަބަބުންނާއި ބޮޑު ރާޅު އެރުމުގެ ސަބަބުން، އަދި ކޯރުތައް ބަންޑުން ވުމުގެ ސަބަބުން އެސްޓޭޓްގެ އެތައް ހިސާބުތަކެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ.”

މޫސުމީ ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ރައިގާޑްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބައެއް ގެތައް ވަޅުލެވި، 47 މީހުން މަރުވެފައިވާއިރު، ކިސަޑުގަނޑުގެ ދަށުގައި 53 މީހުން ތާށިވެފައިވާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ. އަދި މަހަދު އަވަށުގައި ބޯކޮށް ވާރޭ ވެހުމުން ސާވިތުރީ ކޯރު ފުރިގެން ބަންޑުންވެ، ފެނާއި ކިސަޑުގެ ސަބަބުން އެއަވަށަށް ވަދެ ނިކުމެ ހަދަން އޮންނަ މަގުވެސް ވަނީ ބަންދުވެފައެވެ. ފެންބޮޑުވުމުން ސަލާމަތްވުމަށް އެއަވަށުގައި ދިރިއުޅޭ މީހުން ވަނީ ގޭގެ ފުރާޅުތަކާއި އުސް އިމާރާތްތަކަށް އަރާފައިކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި ސަލާމަތް ހިސާބުތަކަށް މީހުން ގެންދިއުމަށް އިންޑިޔާގެ އަސްކަރިއްޔާއާއި ނޭވީ އަދި އެއާފޯސް ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ފެންބޮޑުވެފައި ހުރުމުންނާއި ބިންގަނޑު ކަނޑައިގެންގޮސް ކިސަޑުން މަގުތައް ބަންދުވެފައި ހުރުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތައް ވަނީ ހުރަސް އެޅިފައިކަމަށް އެފަރާތުން ހާމަ ކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާގައި ހާމަކޮށްފައިވެއެވެ.

މަހަޝްތުރަ ސްޓޭޓްގެ ޗިޕްލުން އަވަށުގައި ބުރާސްފަތި ދުވަހު ހުއްޓާނުލާ 24 ގަޑީއިރު ވާރޭ ވެހުމުގެ ސަބަބުން ވަޝީޝްތީ ކޯރު ފުރިގެން ބަންޑުންވެ، 6 މީޓަރަށް (20 ފޫޓަށް) ވަނީ ފެންބޮޑުވެފައެވެ. އަދި އެއަވަށަށް ދަތުރުކުރަން އޮންނަ މަގުތަކާއި ފާލަންތައް ހަލާކުވެފައިވާތީ މީހުން ސަލާމަތް ކުރުމަށް އެހިސާބަށް ދަތުރު ކުރުމަށް ގޮންޖެހިފައިވާ ކަމަށް މަހަރަޝްތުރަގެ ޗީފް މިނިސްޓަރ އުދައި ތަކަރޭ ވަނީ ވިދާޅުވެފައެވެ.

india 6

މިހާތަނަށް މަހަރަޝްތުރައިން ވަނީ 90،000 އެއްހާ މީހުން ސަލާމަތްކޮށް ސަލާމަތީ ހިސާބުތަކަށް ގެންގޮސްދީފައެވެ.

މޫސުން އިތުރަށް ގޯސްވެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ މަހަރަޝްތުރަ ސްޓޭޓްގެ އެތައް ހިސާބުތަކަކަށް ރަތް ސަމާލުވެސް ނެރެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.