އިންޑިއާ އިން ރާއްޖެއަށްދޭ އެހީ އިތުރުކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފި

އިންޑިއާ އިން ރާއްޖެއަށްދޭ އެހީ އިތުރުކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މި އެހީ އިތުރުކޮށް، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އައު ކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި ސޮއިކުރެއްވީ އެކަމަށްޓަކައި ނިއުދިއްލީގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.

އިޝްތިހާރު Below Header ad

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރެވެ.

މުޖްތަމައަށް އޭގެ ބޮޑު ފައިދާއެއް ކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން އިތުރަށް ދޭ 70 މިލިއަން ރުފިޔާއާއެކު މި އަދަދު 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވާނެ އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 17 މާރޗް 2019ގަ އެވެ.

މި ޕްރޮޖެކްޓްތަކުގެ ބޭނުމަކީ އިޤްތިޞާދީ އަދި އިޖްތިމާޢީ ހެޔޮ އަސަރުތަކެއް ކުރުވާނެ މަޝްރޫއުތަކެއް ހިންގުމެވެ. މި މަޝްރޫއުތައް ހިންގަނީ މަޝްރޫއު ހަވާލުކުރެވޭ އިދާރާގެ ބެލުމުގެ ދަށުންނެވެ.

އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތަކާއި، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

މީގެ އިތުރުން ހދ. ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއާއި، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އިތުރުން ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ މަޝްރޫއުވެސް ދަނީ ހިނގަމުން ނެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީ 80 މިލިއަން ރުފިޔާއިން 155 މިލިއަން ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާއިރު، އަލަށް އިތުރުކުރެވުނު 70 މިލިއަން ރުފިޔާއިން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލްތައް ސަރުކާރުން ފަހުން އިއުލާންކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.