
ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ ބަޔަކު ވެލްޑިންގ ކުރުމުގެ ތެރޭގަ: ފުލުހުން
ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ ބަޔަކު ވެލްޑިންގ ކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ދަންވަރު 12:35 ހާ އިރު، ހިނގި މި ހާދިސާ އާއިގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެ ހާދިސާ ހިނގި ސަރަހައްދަށް ގޮސް، ބަލައި ފާސްކޮށް، މަޢުލޫމާތު ހޯދާފަ އެވެ.
މިހާތަނަށް ބެލި ބެލުމުން ބާރުގަދަ އަޑެއް ގޮވާފައިވަނީ ހުޅުމާލޭ ލޮޓް ނަންބަރު 1138 ގެ ޓެރެސްމަތީ ވެލްޑިންގ ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުންކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
Sadly